05 ފެބުރުއަރީ 2021 - 21:42

ދިރާގުން ކުރިއަށް ގެންދިޔަ އާރްބީ ކުއެސްޓް ޗެލެންޖުން މޮޅުވި ފަރާތްތަކަށް އިނާމު ހަވާލުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ގޭމް، އާރްބީ ކުއެސްޓް މިދިޔަ ޑިސެމްބަރ މަހު އެނބުރި އައީ ޚާއްސަ ފީޗަތަކާއި ސަޅި އިނާމުތަކެއް ހިމެނޭ ޕްރޮމޯޝަނަކާ އެކު އެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ދިރާގު މަމެން ކަސްޓަމަރުންގެ އިތުރުން ދިރާގުގެ ހުރިހާ ކަސްޓަމަރުނަށް ބައިވެރި ވުމުގެ
ފުރުސަތު އޮތެވެ.
ވާދަވެރި ރައުންޑްތަކަކަށް ފަހު އާރްބީ ކުއެސްޓްގެ ލީޑާ ބޯޑްގެ އެންމެ ކުރީގައިވާ ތިން ބައިވެރިން ވަނީ މިއަދު އިއުލާންކޮށްފަ އެވެ. އެގޮތުން 97،121 ޕޮއިންޓާ އެކު އެއް ވަނަ އަށް ހޮވިފައިވަނީ "މާވަޑި"ގެ ނަމުން ގޭމްގައި ބައިވެރިވި މުހައްމަދު ހަސަނެވެ. އޭނާއަށް ދިރާގުން ވަނީ އިނާމެއްގެ ގޮތުގައި އައިފޯން 12 ޕްރޯ
މެކްސް (128 ޖީބީ) އެއް ދީފަ އެވެ. ދެވަނަ އަށް ހޮވިފައިވަނީ 52،821 ޕޮއިންޓާ އެކު "ލަކުޑިބޯ" ގެ ނަމުން ގޭމްގައި މަޝްހޫރު ކަން ހޯދާފައިވާ މުހައްމަދް ޖުމާން ރަޝީދެވެ. ދެ ވަނައަށް ދީފައިވަނީ ސެމްސަންގް ގެލެކްސީ އެސް 20 އަލްޓްރާ ފޯނެކެވެ. އަދި ތިންވަނަ އަށް ހޮވުނު ފަރާތަކީ 25،917 ޕޮއިންޓާއެކު "ކަރަންފޫ" ނުވަތަ މުހައްމަދު ޝާކިރު އަލީ އެވެ. އޭނާއަށް ސެމްސަންގް ގެލެކްސީ އެސް 20 ޕްލަސް ފޯނެއް ދީފައިވެ އެވެ.
ދިރާގުން ބުނީ އާރްބީ ކުއެސްޓް ގޭމް މިހާރު ވެސް ޑައުންލޯޑްކޮށް، މަމެން ކަސްޓަމަރުންނަށް މި ގޭމް ކުޅެގެން ބޯނަސް ޑޭޓާ ހޯދައި، މަމެން މޮބައިލް އެޕްލިކޭޝަނަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ 6 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
އާރްބީ ކުއެސްޓް ގޭމަކީ އައިއޯއެސް ގައި "އޭއާރް ކިޓް" އަދި އެންޑްރޮއިޑްގައި "އޭއާރް ކޯ" ނަމަކަށް ކިޔާ ޓެކްނޮލޮޖީ ބޭނުންކުރާ ޒަމާނީ މޮބައިލް ގޭމެކެވެ.