04 ފެބުރުއަރީ 2021 - 20:04

އައްޑޫ ސިޓީގެ ހުޅުމީދޫ މޮނީޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމީދޫ މޮނީޓަރިންގެ ހާލަތަށް ގެނައީ އެރަށަށް މިދިޔަ ހަފުތާގައި ދިޔަ ދެ މީހަކު ކަރަންޓީންގައި ތިއްބާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް އެ މީހުންނާ ކޮންޓްކެޓްވި ދެ މީހަކު މިއަދު އެ ބައްޔަށް ޕޮޒިޓިވްވުމުން ކަމަށެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެންނެވެ.
ކޮވިޑް-19 އަށް އަތޮޅު ތެރެއިން ވެސް މީހުން ޕޮޒިޓިވް ވަމުންދާއިރު، ބައެއް ރަށްރަށް މީގެކުރިން ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.