ރިޔާސީ ބަޔާން އިއްވަނިކޮށް، އިދިކޮޅުން އެއްވެ ޔާމީން ދޫކޮށްލަން ގޮވާލައިފި
ރިޔާސީ ބަޔާން އިއްވަނިކޮށް، އިދިކޮޅުން އެއްވެ ޔާމީން ދޫކޮށްލަން ގޮވާލައިފި

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވުން ކުރިއަށް ގެންދަވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލަން އިދިކޮޅުގެ ހަރަކާތްތެރިން އެ ހިސާބަށް އެއްވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަނިކޮށް، އިދިކޮޅުން އެއްވެ ޔާމީން ދޫކޮށްލަން ގޮވާލައިފި
ރިޔާސީ ބަޔާން އިއްވަނިކޮށް، އިދިކޮޅުން އެއްވެ ޔާމީން ދޫކޮށްލަން ގޮވާލައިފި

ސޯސަން މަގާއި މެދު ޒިޔާރަތް މަގު ގުޅޭ ކަންމައްޗަށް އެއްވި އިދިކޮޅުގެ މަދު ސަޕޯޓަރުން ޔާމީން މިނިވަންކުރަން ގޮވާލުމުގެ އިތުރުން ސަރުކާރުގެ ވައުދުތައް ނުފުއްދޭކަމުގެ ޝުއޫރުތައް ވެސް ފާޅުކުރި އެވެ.

ރިޔާސީ ބަޔާން އިއްވަނިކޮށް، އިދިކޮޅުން އެއްވެ ޔާމީން ދޫކޮށްލަން ގޮވާލައިފި
ރިޔާސީ ބަޔާން އިއްވަނިކޮށް، އިދިކޮޅުން އެއްވެ ޔާމީން ދޫކޮށްލަން ގޮވާލައިފި

ކޮވިޑް ކޭސްތައް ގިނަވާތީ މިފަދަ އެއްވުންތައް ނުބާއްވަން އެޗުޕީއޭ އިން ވަނީ އަންގައިފަ އެވެ. އިދިކޮޅުގެ ޝުރޫއުތައް ފާޅުކުރަން އެއްވި މީހުން މާސްކް އަޅައިގެން ތިބި ނަމަވެސް ގައިދުރުކަން ބަހައްޓާފައެއް ނުވެ އެވެ.

ޖަލްސާ ނިމުމުން އިދިކޮޅު ކޯލިޝަންގެ މަޖިލީހުގެ މެމްބަރުން އެ ހިސާބަށް ވަޑައިގަތް، އެހެން ބައިވެރންނާ ގުޅިވަޑައިގަތެވެ. އަދި އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ ކޯލިޝަން އޮފީހަށް ވަޑައިގަތީ ޔާމީން މިނިވަންކުރަން ގޮވާލައި ލިއެފައި ހުރި ފޮތިގަނޑެއް ހިއްޕަވައިގެންނެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާާމީން މިނިވަންކުރަން ގޮވާލައި، އިދިކޮޅުން އަންނަނީ މާލޭގައި އެކި ދުވަސްދުވަހު އެއްވުންތައް ވެސް ބާއްވަމުންނެވެ.

ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް މިހާރު ވަނީ އުފުލައިފަ އެވެ. އަދި މަނީ ލޯންޑަރިންއާ ގުޅޭ އެހެން މައްސަލަތަކެއް އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.