ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 70 އަހަރުގެ މީހަކު މިއަދު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި ރާއްޖޭން މަރުވި 53 ވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އެ މީހާ މަރުވީ، މިއަދު 3:42ގަ އެވެ.

ކޮވިޑްގެ ތިން ވަނަ ރާޅާ މިހާރު ކުރިމަތިލާން ޖެހިފައިވާއިރު، ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަނީ އިތުރުވަމުންނެވެ. އެއާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް ވަނީ ދިގު ދަންމާލާފަ އެވެ.

މިއީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި 11 ވަނަ ފަހަރެވެ.

މިހާރު މާލޭ ސަރަހައްދުގައި، ރޭގަނޑުގެ ބޮޑުބައެއްގައި ކާފިއު އިއުލާންކޮށްފައިވާއިރު ރަށްރަށުގައި މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.