ދިވެހި ޕްރިމިއާ ލީގުުގެ މެޗުތައް ފަސްކޮށްފި
ދިވެހި ޕްރިމިއާ ލީގުުގެ މެޗުތައް ފަސްކޮށްފި

ކޮވިޑް-19 ގެ ކޭސްތައް އަނެއްކާވެސް ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމާ އެކު، ދިވެހި ޕްރިމިއާ ލީގުުގެ ކުޅުން މެދުކަނޑާލައިފި އެވެ.

އެފްއޭއެމުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވުމުގެ ގޮތުން، މުއްދަތެއް ނެތްގޮތަށް ލީގު ފަސްކުރަން ނިންމާފައިވާ ކަމަށެވެ.

ލީގުގައި މިއަދު ހަވީރާއި މިރެ އަށް ތާވަލްކޮށްފައިވާ މެޗުތައް ވެސް ކެންސަލްކޮށްފައިވާކަން މިހާރު ވަނީ ކްލަބްތަކަށް ވެސް އަންގައިފަ އެވެ. ކެންސަލްކުރި އިރު ޓީމުތަކުން އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް މެޗުތަކަށް ތައްޔާރުވަމުންނެވެ.

އެޗްޕީއޭ އިން އަލަށް އެޅި ފިޔަވަޅުތަކުގައި، ގްރޫޕް ކުޅިވަރުތައް ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭ އިން އިއްޔެ އެޅި ފިޔަވަޅުތަކާ އެކު އެހެން ކުޅިވަރުތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ. އޭގެ ތެރޭގައި ދާދި ފަހުން ފެށި ބެޑްމިންޓަން ވައިޑީޕީ ހަރަކާތްތައް ވެސް ހިމެނެ އެވެ.