ބީއެމްއެލް އިން ހިދުމަތް ދޭ ގޮތްތަކަށް ބަދަލު ގެނެސްފި، ހިދުމަތް ލަސްވެދާނެ
ބީއެމްއެލް އިން ހިދުމަތް ދޭ ގޮތްތަކަށް ބަދަލު ގެނެސްފި، ހިދުމަތް ލަސްވެދާނެ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން މިއަދު އެޅި ފިޔަވަޅުތަކާއެކު ބީއެމްއެލް އިން ހިދުމަތް ދޭ ގޮތްތަކަށް ބަދަލު ގެނެސްފި އެވެ.

މި ބަދަލާއެކު އެ ބޭންކުން ހިދުމަތްދޭނީ މުވައްޒަފުން ޝިފްޓް ޑިއުޓީގަ އާއި ވަކިވަކި ޓީމްތަކަށް ބަހާލައިގެންނެވެ. އަދި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލަކީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ. އަދި މީގެ ސަބަބުން ބައެއް ހިދުމަތްތައް ލަސްވެދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

- އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ އެކައުންޓް ހުޅުވުން

- ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން

- ލޯކަލް ބޭންކް ޓްރާންސްފާ

- ކާޑު ޕްރޮސެސް ކުރުން

- ޗެކް ޕްރޮސެސް ކުރުން

- ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން)

- ރަށްރަށުގައި ބަހައްޓާފައިވާ އޭޓީއެމް ސާވިސް ކުރުމުގެ މަސައްކަތް

- ކަސްޓަމަރުންނަށް މައުލޫމާތު ދިނުމާއި ޖަވާބު ދިނުން

ބީއެމްއެލް އިން ވަނީ އެ ބޭންކުން ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނާ އެއްގޮތަށް މަސައްކަތްކުރަމުންދާއިރު ކަސްޓަމަރުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މި ދަނޑިވަޅު ގޭގައި ތިބެގެން ޑިޖިޓަލް ބޭންކިން އާއި ސެލްފް ސާވިސް ޗެނަލްތައް މެދުވެރިކޮށް ހިދުމަތް ހޯދުމަށް ވަނީ އެދިފަ އެވެ.