އަލްޓިމޭޓް ވީއާރް ކަޕުން މޮޅުވި ގޭމަރުންނަށް އިނާމު ދީފި
އަލްޓިމޭޓް ވީއާރް ކަޕުން މޮޅުވި ގޭމަރުންނަށް އިނާމު ދީފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ވާޗުއަލް ރިޔަލިޓީ ގޭމިން މުބާރާތް "އަލްޓިމޭޓް ވީއާރް ކަޕް" އިން ވަނަތަކަށް ހޮވުުނު ގޭމަރުންނަށް އިނާމު ހަވާލުކޮށްފި އެވެ.

އަލްޓިމޭޓް ވީއާރް ކަޕުން މޮޅުވި ގޭމަރުންނަށް އިނާމު ދީފި
އަލްޓިމޭޓް ވީއާރް ކަޕުން މޮޅުވި ގޭމަރުންނަށް އިނާމު ދީފި

އީޓޫއެސް ގޭމިން އާއި ވީއާރް ކެފޭ ގުޅިގެން އުރީދޫން "ވީއާރް ކަޕް"ގެ ނަމުގައި ފެށި ގޭމިން މުބާރާތުގައި 250 ގޭމަރުން ބައިވެރިވި އެވެ. މި މުބާރާތުން އެއް ވަނައަށް ހޮވުނީ އައިމިނަތު ރައުފާ ޒަމީލް އެވެ. ދެވަނަ އަށް އިބްރާހިމް މިއުވާން ހޮވުނު އިރު ތިން ވަނައަށް ހޮވުނީ މޫސާ ނަސީމް އެވެ.

ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ ވީއާރް ޓެކްނޮލިޖީ އެންމެ ފުރިހަމައަށް ބޭނުން ކުރާއިރު ޓެކްނިކަލް ސަޕޯޓު މުހިންމެވެ. އެހެންކަމުން އުރީދޫން ވަނީ 5ޖީއާ އެކު ގޭމަރުންނަށް ކުރިއަށް ވުރެ ވެސް ހަލުއި ސްޕީޑުގައި އިންޓަނެޓް ބޭނުން ކުރެވޭނެ ގޮތް ފަހިކޮށްދީފަ އެވެ.

މި މުބާރާތުގައި ހިމެނޭ "ބީޓް ސޭބާ" ގޭމު ކުޅުނީ ނޮކްއައުޓް އުސޫލުންނެވެ. އެގޮތަށް ކުޅޭ އިރު ކޮންމެ ކުޅުންތެރިޔަކަށް ދެ މެޗު ލިބޭނެ އެވެ. ދެ މެޗުގައި އެންމެ މަތިން ސްކޯ ލިބޭ އަށް ކުޅުންތެރިން ކުއާޓާ ފައިނަލަށް ގޮސް އެންމެ މޮޅު ގޭމަރެއް ހޮވީ އެވެ.

މި މުބާރާތުގައި "100 ޑޮލާ ބިލް" އާއި "އެސްކޭޕް"ގެ ސައުންޑް ޓްރެކް ކުޅުނެވެ.