01 ފެބުރުއަރީ 2021 - 12:19

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ފޮތްތަކާއި އިލްމީ ލިޔުންތައް އޮންލައިންކޮށް ބެލޭނެ ގޮތަށް ވެބްސައިޓެއް ލޯންޗްކޮޮށްފި އެވެ.
"ޖަސްޓިސްސުއޫދު.ކޮމް" ގެ ނަމުގައި ލޯންޗްކުރި އެ ވެބްސައިޓްގައި ފަނޑިޔާރު ސުއޫދު ގާނޫނީ އެކި ކަންކަމާ ގުޅޭގޮތުން ކުރިން ލިޔުއްވާފައިވާ ފޮތްތަކާއި އެކި މައުލޫތަކަށް ލިޔުއްވި ލިޔުންތައް ހިލޭ ލިބެން ހުރެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން މަައްސަލަތަކުގައި އޭނާ އިއްވާފައިވާ ހުކުމްތަކާއި ރައުޔުތައް ވެސް ވަކިން ބެލެން ހުރެ އެވެ.
ފަނޑިޔާރު ސުއޫދު މިހާތަނަށް ލިޔުއްވާފައިވާ 11 ފޮތެއް އެ ވެބްސައިޓްގައި ލިބެން އެބަހުއްޓެވެ.
ސެމްބަރުު، 2019 ގައި ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ސުއޫދަކީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަންގެ ރައީސް ކަމާއި ބަންޑާރަ ނައިބު ކަމާއި މަދަނީ ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ.