ކޮވިޑް-19 މެނޭޖްކުރުމުގެ ރޭންކިންގައި ރާއްޖެއަށް 25 ވަނަ
ކޮވިޑް-19 މެނޭޖްކުރުމުގެ ރޭންކިންގައި ރާއްޖެއަށް 25 ވަނަ

ކޮވިޑް-19 ގެ ހާލަތު ރަނގަޅަށް މެނޭޖްކުރި ގައުމުތަކުގެ ރޭކިންގެ 25 ވަނަ ރާއްޖެއަށް ލިބިއްޖެ އެވެ.

އެކި ދާއިރާތަކުން ރިސާޗް ހަދާ އޮސްޓްރޭލިއާގެ ތިންކް ޓޭންޓެއް ކަމަށްވާ ލޮވީ އިންސްޓިޓިއުޓުން ނެރުނު އިންޑެކްސްގައި ރާއްޖެއަށް 25 ވަނަ ލިބުނީ އޭގައި ހިމަނާފައިވާ 98 ގައުމުގެ ތެރެއިން 61 ޕަސެންޓް ލިބިގެންނެވެ.

ރޭންކިންގައި އެއް ވަނަ ލިބުނީ ކޮވިޑް-19 ހުއްޓުވަން އެންމެ ކާމިޔާބުކޮށް ފިޔަވަޅުތައް އެޅި ނިއު ޒިލެންޑެވެ. ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ކުރީގައިި އޮތީ ރޭންކިންގެ 10 ވަނައިގައި އޮތް ސްރީ ލަންކާ އެވެ.

އެ ރޭންކިންގެ އެންމެ ފަހަތުގައި އޮތީ ބްރެޒިލް އާއި އެމެރިކާ އާއި މެކްސިކޯގެ އިތުރުން އީރާން ފަދަ ގައުމުތަކެވެ. ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވީ އެމެރިކާ އާއި ބްރެޒިލްގަ އެވެ.

އެ ބަލި އެންމެ ފުރަތަމަ ފެނުނީ ޗައިނާ އިން ކަމަށް ވިޔަސް، ޗައިނާގެ ތަފާސް ހިސާބުތައް އާންމު ނުކުރާތީ އެ ރޭންކިންގައި ޗައިނާ ހިމަނާފައެއް ނުވެ އެވެ.

އެ ރޭންކިންގައި ޕޮއިންޓް ދެނީ މަރުވި މީހުން މަދުވުމާއި ކޮވިޑް-19 އަށް ޓެސްޓްކުރާ އަދަދު އަދި ޕޮޒިޓިވްވާ މީހުންގެ އަދަދު އާބާދީގެ ނިސްބަތުން މަދުކަމުގެ މައްޗަށެވެ. މިއީ 36 ހަފުތާގެ ދިރާސާއަށް ފަހު ނެރުނު ރޭންކިން އެކެވެ.

އެ ރޭންކިން ދައްކާ ގޮތުން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެއް ސަރަހައްދަކުން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އޭޝިއާ ޕެސިފިކް ސަރަހައްދުންނެވެ. އަދި ޔޫރަޕްގައި އެ ބަލި އަވަހަށް ފެތުރގިގެން ދިޔަޔަސް، ކުރު މުއްދަތެއްގައި އެންމެ އަވަހަށް ނަތީޖާ ނެރުނީ ޔޫރަޕްގެ ގައުމުތަކުން ކަމަށް އެ ރޭންކިންގައިވެ އެވެ.