"ޕުޓިންގެ ގަނޑުވަރު"ގެ މިލްކުވެރިޔަކީ ބިލިއަނަރެއް
"ޕުޓިންގެ ގަނޑުވަރު"ގެ މިލްކުވެރިޔަކީ ބިލިއަނަރެއް

މޮސްކޯ (ޖެނުއަރީ 31) - ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ގަނޑުވަރެއް ކަމަށް ބުނެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ތުހުމަތު ކުރެއްވި އަގު ބޮޑު ގަނޑުވަރުގެ މިލްކުވެރިއަކީ ބިލިއަނަރު އާކާޑީ ރޮޓެންބާގު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

"ޕުޓިންގެ ގަނޑުވަރު"ގެ މިލްކުވެރިޔަކީ ބިލިއަނަރެއް
"ޕުޓިންގެ ގަނޑުވަރު"ގެ މިލްކުވެރިޔަކީ ބިލިއަނަރެއް

އަގު ބޮޑު ގަނޑުވަރަކީ ޕުޓިންގެ ތަނެއް ކަމަށް ވިދާޅުވެ ނަވަލްނީގެ ޓީމުން ތައްޔާރު ކުރެއްވި ވީޑިއޯ ރިޕޯޓް ވަނީ 100 މިލިއަން މީހުން ބަލައިފަ އެވެ. އެ ރިޕޯޓް އާއްމުވުމާ އެކު ޕުޓިން ވަނީ އެއީ އެމަނިކުފާނުގެ ތަނެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އެމަނިކުފާނުގެ އާއިލާ މީހެއްގެ ތަނެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ޕުޓިންއާ ގާތް ގުޅުމެއް އޮންނަ ބިލިއަނަރު ރޮޓެންބާގު ވިދާޅުވެފައި ވަނީ އެ ގަނޑުވަރުގެ މިލްކުވެރިއަކީ އޭނާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެތަން މުޅިން ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޓެންބާގަކީ ރަޝިޔާގައި އިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގާ ފަރާތަކެވެ. އޭނާގެ ކުންފުނިން ބްރިޖްތައް ހެދުމާއި ގޭސް ހޮޅި އެޅުން ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާފައިވެ އެވެ.

މިހާރު ޖަލުގައި ހުންނެވި ނަވަލްނީގެ ޓީމުން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ގަނޑުވަރުގެ އަގަކީ 1.37 ބިލިއަން ޑޮލަރެވެ.

ނަވަލްނީ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރު އޭނާ އަށް ވިހައެއް ދީގެން ހާލު ދެރަވެގެން ޖަރުމަނަށް ގެންގޮސް ފަރުވާ ދީގެން، ރަނގަޅުވުމުން އެނބުރި ރަޝިޔާ އަށް ދިޔަ ތަނުން އެއާޕޯޓުންނެވެ. ނަވަލްނީ ދޫކޮށްލުމަށް އެދި ކުރި މުޒާހަރާތަކުން މިހާތަނަށް ވަނީ 4،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.