26 ޖެނުއަރީ 2021 - 22:41

މަސްތުވާތަކެއްޗަށް ފަރުވާ ބޭނުންވާ ތިން މީހަކު ކުރީގެ މެޓްރޯ ކެފޭ ހިންގި އިމާރާތުގައި ދިރިއުޅެމުން ދަނިކޮށް އެ މީހުން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާ ހަވާލުކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ، މަސްތުވާތަކެއްޗަށް ފަރުވާ ބޭނުންވާ މީހުންތަކެއް މެޓްރޯ ކެފޭ ހިންގި އިމާރާތުގައި ދިރިއުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މިއަދު ހަވީރު އެ ތަނަށް ޒިޔާރަތްކޮށް، ފަރުވާ ބޭނުންވާ ތިން މީހަކު އެންޑީއޭގެ ހަވާލުގައި ފަރުކޮޅުފުށީގައި ހިންގާ ވަގުތީ ޑިޓޮކްސިފިކޭޝަން މަރުކަޒަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެ އިމާރާތް ސާފު ކުރުމުގެ މަސައްކަތް ވެމްކޯ އިން ދަނީ ކުރަމުންނެވެ.