ތޮއްޑުއަށް އަރައި، ފޭބުން މަނާކޮށްފިި
ތޮއްޑުއަށް އަރައި، ފޭބުން މަނާކޮށްފިި

އއ. ތޮއްޑޫ މޮނީޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ އިއްޔެ އެރަށުން މާލެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިިޓިވްވުމުން ކަމަށެވެ. އެޗްޕީއޭ އިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ނިމެންދެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ތޮއްޑޫގެ އިތުރުން މ. ކޮޅުފުށިން ވެސް ނުވަ މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުން ޕޮޒިޓިވްވީ އެރަށުން ވެސް މާލެ އައި މީހަކު މިދިޔަ ހަފުތާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެރަށުގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ.