ޔުވެންޓަސް އަށް ބަދަލުވާނެ ކަމަށް ވިޓްސެލް ބުނެފި
ޔުވެންޓަސް އަށް ބަދަލުވާނެ ކަމަށް ވިޓްސެލް ބުނެފި

ސެއިން-ޕީޓާސްބާގް، ރަޝިއާ (ނޮވެމްބަރު 8) – ޔުވެންޓަސް އަށް ބަދަލުވާން ނިމިފައިވާ ކަމަށް ޒެނިތު ސެއިން-ޕީޓާސްބާގުގެ ބެލްޖިއަމް މިޑްފީލްޑަރު އެކްސްލް ވިޓްސެލް ބުނެފި އެވެ.

އޭނާ ގެންދަން މިދިޔަ ދެ ސީޒަނުގައި ޔުވެންޓަސްގެ އިތުރުން އޭސީ މިލާނުން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. މި ފަހަރުގެ ޓްރާންސްފާގައި ވެސް ޔުވެންޓަސްއަށް ބަދަލުވާ ވަރަށް ގާތަށް ދިޔަ ނަމަވެސް ފަހު ވަގުތު ކެންސަލްވީ އެވެ.

އެއްގޮތަކީ އޭނާގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް އިން ގަތުމެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ޖެނުއަރީ މަހު ޔުވެންޓަސް އިން އޭނާ ގަންނަން މަސައްކަތްކުރާނެ އެވެ.

"ޔުވެންޓަސް ފަދަ ކްލަބަކުން އަހަރެން ގަންނަން ކުރާ މަސައްކަތް ހުއްޓާނުލާތީ ވަރަށް އުފާވޭ. އަހަރެން ޔުވެންޓަސްއާ ގުޅޭނަން. އެއީ ޔަގީންކަމެއް. އެކަމަކު ކޮން އިރަކު ކަމެއް ނޭގޭ،" ވިޓްސެލް ބުންޏެވެ.

ބެލްޖިއަމްގެ ސްޓެންޓަޑް ލީގް އިން ކެރިއަރު ފެށި ވިޓްސެލް ވިދާލީ ޕޯޗުގަލްގެ ބެންފީކާގަ އެވެ. އޭނާ ޒެނިތަށް 2012 ވަނަ އަހަރު ބަދަލުވީ 40 މިލިއަން ޔޫރޯ އަށެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް 76 މެޗު ކުޅެދީފަ އެވެ.