ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން އޮފިސަރުން
ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން އޮފިސަރުން

ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން އޮފިސަރުންތަކަކަށް މިއަދު ކުރިއެރުން ދީފި އެވެ.

ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން އޮފިސަރުން
ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން އޮފިސަރުން

މަގާމުގެ ކުރިއެރުން ލިބުނީ މޭޖަ ރޭންކުގައި ތިއްބެވި ޑރ. ފާތިމަތު ތަހުސީން އާއި ޑރ. އާމިނަތު ޝުމްރާ އަދި ހައްވާ ޝިނީނެވެ. މީގެ އިތުރުން ކާނަލް ރޭންކުގައި ތިއްބެވި ސީނިއާ ހަތަރު އޮފިސަރަކަށް ބްރިގޭޑިއާ ޖެނެރަލް ރޭންކަށް ކުރިއެރުން ދީފައިވެ އެވެ.

ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން އޮފިސަރުން
ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން އޮފިސަރުން

އެއީ މުހައްމަދު ޝަރީފާއި އިސްމާއިލް ޝަރީފާއި އަބްދުﷲ ޒުހުރީ އަދި އަބްދުލް މަތީން އަހުމަދެވެ. އެ މަގާމު ހަވާލުކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން އޮފިސަރުން
ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން އޮފިސަރުން

މަގާމުގެ ކުރިއެރުން ލިބުނު ސިފައިންނަށް ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު
ވަނީ ފުރަތަމަ ފަހަރަށް އަންހެން އޮފިސަރުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ޕްރޮމޯޝަންވި ކަން ފާހަގަކުރައްވައިފަ އެވެ. އެއި އަސްކަރިއްޔާގައި އަންހެނުންނަށް އޮތް ހަމަހަމަ ފުރުސަތުތައް ދޭހަކޮށްދޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގިންތީގެ ތަފާތުކުރުމެއް ނެތި ގައުމީ ހިދުމަތުން ކުރިއަށް ދިއުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ފަހިކޮށްދިނުމާއި އެ ދާއިރާތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން މަސައްކަތް ކުރާ ކަމަށެވެ.

ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި ވެސް ޒަމާނީ އަސްކަރިއްޔާތަކުގައި އެ ކަން ކުރަމުން އަންނަގޮތް ބަލައި ނިޒާމު ހަރުދަނާކުރަން މަސައްކަތްކުރާ ކަމަށާއި މަގާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރުދަނާވެގެން އަންނައިރު ސިފައިންގެ ތައުލީމީ ފެންވަރާއި އެ މީހެއްގެ ސިފަވަންތަ އަހުލާގާއި ނަތީޖާ ނެރެދޭ މިންވަރާއި ހުނަރުވެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސިފައިންނަކީ ގާބިލް އަދި ހުނަވެރިވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މި ގޮތުން، ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި އަސްކަރީ އާލާތްތައް ހޯދައި ޒަމާނީ ވަސީލަތްތައް ގާއިމްކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ސިފައިން ތަމްރީންކުރުމުގެ މަސައްކަތް ވެސް ކުރިއަށްވުރެ އިތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.