24 ޖެނުއަރީ 2021 - 21:04

މާލޭ ގެއެއްގެ ތިން ވަނަ ބުރިން މީހަކު ވެއްޓި ޒަހަމްވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިރޭގެ ވަގުތެއްގައި ސަބުދެލި މަގުގައި ހުރި ގެއަކުން މީހަކު ވެއްޓިގެން މިރޭ ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ ވެއްޓުނީ ގެސްޓް ހައުސްއެއް ހިންގާ ގެއަކުންނެވެ. ވެއްޓުނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
މި މީހާގެ ޒަހަމްތަކާ ބެހޭ ގޮތުން އައިޖީއެމްޗްގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.