ކޮވިޑް-19 ޖެހުނު 86 އަހަރުގެ މީހަކު މަރުވެއްޖެ
ކޮވިޑް-19 ޖެހުނު 86 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން 86 އަހަރުގެ މީހަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު 4:27 ގައި މަރުވެފައި ވަނީ 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 51 ވަނަ މީހާ އެވެ.

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 14،885 އަށް އަރައިފަ އެވެ. މި ބައްޔަށް މިހާރު 1،015 މީހުން ފަރުވާ ހޯދަމުން އަންނަ އިރު 77 މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 13،813 މީހަކު ވަނީ ރަނގަޅުވެފަ އެވެ.