ކޮވިޑް-19: އިތުރު 55 މީހަކު ޕޮޒިޓިވްވެއްޖެ، މާލެ ސަރަހައްދުން 31
ކޮވިޑް-19: އިތުރު 55 މީހަކު ޕޮޒިޓިވްވެއްޖެ، މާލެ ސަރަހައްދުން 31

ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 55 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 31 މީހަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހަވީރު 6:00 އާ ހަމައަށް ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވްވި ކަމަށެވެ. އަދި ރަށްރަށުން ޕޮޒިޓިވްވެފައި ވަނީ ނުވަ މީހުން ކަމަށެވެ. މިއީ ކޮވިޑަށް ޓެސްޓުކުރި 2،748 ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ.

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 14،885 އަށް އަރައިފަ އެވެ. މި ބައްޔަށް މިހާރު 1،015 މީހުން ފަރުވާ ހޯދަމުން އަންނަ އިރު 77 މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ޖުމްލަ 13،813 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 50 މީހުންނެވެ.