ހޯރަފުށީ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަނީ
ހޯރަފުށީ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަނީ

ހއ. ހޯރަފުށީ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަށައިފި އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޯރަފުށީ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފުގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރަން ނިންމީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަން ނިންމީ އޭނާ ތަނާޒުލްވާން ޖެހޭ ފަދަ މައްސަލައަކުން ތަނާޒުލް ނުވެ އެ މައްސަލަ ހިންގައި، ނިންމުމުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެ މައްސަލަ ބަލަން ތަހުގީގީ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ.

މި މަހު ކުރީކޮޅު ވެސް ޖޭއެސްސީން ވަނީ ދެ ގާޒީއެއްގެ ސުލޫކީ މައްސަލަތަކެއް ތަހުގީގުކުރަން ފަށައިފަ އެވެ. އެއީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ މައްސަލަތަކެކެވެ. އެ ދެ މައްސަލަ ބަލަން ވެސް ހާއްސަ ކޮމިޓީއެއް ޖޭއެސްސީން އެކުލަވާލި އެވެ.