ކޮވިޑް-19: މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 29 މީހުން
ކޮވިޑް-19: މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 29 މީހުން

ކޮވިޑް-19 އަށް މާލެ ސަރަހައްދުން އިތުރު 29 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް އިތުރު 53 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 29 މީހަކާއި އެހެން ރަށްރަށުން ފަސް މީހަކާއި ރިސޯޓުތަކުން 17 މީހެކެވެ. އޭގެ އިތުރުން ސަފާރީއަކުން މީހަކާއި ތަރައްގީކުރަމުން އަންނަ ރަށަކުން ވެސް މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.

އެއާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،765 އަށް އަރައިފަ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 44 މީހަކު އެ ބަލިން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މި ވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 1،025 މީހުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 74 މީހަކަށް ފަރުވާ ދެ އެވެ. ބަލީގައި 50 ވަނަ މީހާ މިއަދު މަރުވެފައި ވެ އެވެ.