ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސްފި
ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސްފި

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް މިއަދު ރާއްޖެއަށް ގެނެސްފި އެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސްފި
ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސްފި

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި އޮކްސްފޯޑް އެސްޓްރާޒެކެނާގެ 100،000 ޑޯޒްގެ ވެކްސިން ގެނައީ އެއާ އިންޑިއާގެ ބޯޓެއްގަ އެވެ. މިއީ، ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން އެ ގައުމުން ހިލޭ ދިން އެހީއެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ވަނީ ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން، އަވަށްޓެރި ގައުމުތަކަށް މިއަދު ފޮނުވަން ފަށާނެކަން އިއުލާނުކުރައްވައިފަ އެވެ. އަދި ބައިނަލްއަގްވާމީ މުޖްތަމައަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަށް ކުރާ އިތުބާރަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށް މޯދީ ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ވެކްސިނަށް މީހުން ރަޖިސްޓްރީކުރަން ހުޅުވާލައިފަ އެވެ. ނަމަވެސް އެ ޕްރޮގްރާމް ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ރާއްޖެއިން އަމިއްލައަށް ހަރަދުކޮށްގެން ވެކްސިން ގެންނަން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކުރަން ނިންމާފައިވާކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެކަމަކު އޭގެ ފަހުން އެ އެއްބަސްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދެ އެވެ. އެކަން ސާފުކުރަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ގުޅުމުން ވެސް ބުނީ އެކަމާ ގުޅޭ ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށެވެ.