ޓޮއިލެޓް: އަކްޝޭ އާއި ބޫމީ އަލަށް ފެށި ފިލްމް
ޓޮއިލެޓް: އަކްޝޭ އާއި ބޫމީ އަލަށް ފެށި ފިލްމް

އާއިލާއާ އެކު ކޭޕްޓައުންގައި ދިގު ޗުއްޓީއެއް ހޭދަކުރުމަށް ފަހު އެނބުރި މުމްބައި އަށް ގޮސް މާގިނަ ދުވަސްތަކެއް ނުވެ އާ ފިލްމެއްގެ މަސައްކަތް އަކްޝޭ ކުމާރު ވަނީ ފަށާފަ އެވެ.

އަކްޝޭ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ބޫމީ ޕަޑްނޭކަރް އާއި އޭނާ ވަނީ މިދިޔަ އާދިއްތަ ދުވަހު "ޓޮއިލެޓް – އޭކް ޕްރޭމް ކަތާ"ގެ ޝޫޓިން ފަށާފަ އެވެ. އަކްޝޭ ވަނީ އޭނާ އާއި ބޫމީ ފާޚާނާއެއްގެ ބޭރުގައި ހުރެގެން ނަގާފައިވާ ފޮޓޯއެއް ވެސް ޓްވީޓްކޮށްފަ އެވެ.

މި ފިލްމުގެ ނަން މަޖާކަމުން ކޮންމެ މިއީ ކޮން ފާޑެއްގެ ފިލްމެއްތޯ ބަލާލަން ޝައުގުވެރިވާނެ އެވެ.

މި ފިލްމަކީ އިންޑިއާގެ ސާފުތާހިރުކަން އިތުރުކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފައްޓަވާފައިވާ ކެމްޕެއިނާ ގުޅުވައިގެން ޝްރީ ނާރަޔަން ސިންގް އުފައްދާ ފިލްމެކެވެ.

ގޭގައި ހުރި ފާޚާނާތައް މަދުވެގެން ދެ ލޯބިވެރިއަކަށް ކައިވެނި ނުކުރެވިގެން އުޅޭ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ފަހަކަށް އައިސް އިންޑީއާގައި އަލަށް ކައިވެނިކޮށްގެން ފިރިމީހާގެ ގެޔަށްދާ ބައެއް އަންހެންކުދިން އޭ ގޭގައި ފާޚާނާގެ ދަތިކަން ބޮޑުކަމުން އެނބުރި ގެއަށް ދާ ކަމަށް ވެ އެވެ. މި ފިލްމުގައި ދައްކާނީ މިފަދަ މައްސަލަތަކެއް ކަމަށް ބެލެވެ އެވެ.