ރާއްޖޭގައި ބާއްވާ ފުރަތަމަ 5ޖީ ގޭމިން ޓޯނަމެންޓް ފަށައިފި
ރާއްޖޭގައި ބާއްވާ ފުރަތަމަ 5ޖީ ގޭމިން ޓޯނަމެންޓް ފަށައިފި

މިއީ ވާޗުއަލް ރިއަލިޓީ (ވީއާރް) އާއި އޯގްމަންޓެޑް ރިއަލިޓީ (އޭއާރް)ގެ ޒަމާނަށްވާ އިރު އުރީދޫން އަނެއްކާވެސް ތަފާތު ކަމެއްގައި، ދެ ބަޔަކާ ގުޅިގެން، އިސްނަގައިފި އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ 5ޖީ ގޭމިން ޓޯނަމެންޓް ފަށައިފި
ރާއްޖޭގައި ބާއްވާ ފުރަތަމަ 5ޖީ ގޭމިން ޓޯނަމެންޓް ފަށައިފި

އީޓޫއެސް ގޭމިން އާއި ވީއާރް ކެފޭއާ ގުޅިގެން އުރީދޫން "ވީއާރް ކަޕް"ގެ ނަމުގައި ފެށި ވީއާރް ގޭމިން މުބާރާތުގައި ވީއާރް ޓެކްނޮލޮޖީގެ އަސްލު މަންޒަރު ފެންނާނެ އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ 5ޖީ ގޭމިން ޓޯނަމެންޓް ފަށައިފި
ރާއްޖޭގައި ބާއްވާ ފުރަތަމަ 5ޖީ ގޭމިން ޓޯނަމެންޓް ފަށައިފި

މިދިޔަ އާދިއްތަ ދުވަހު ފެށި މުބާރާތުގައި 250 ގޭމަރުން ބައިވެރިވެ އެވެ.

ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ ވީއާރް ޓެކްނޮލިޖީ އެންމެ ފުރިހަމައަށް ބޭނުން ކުރާއިރު ޓެކްނިކަލް ސަޕޯޓު މުހިންމެވެ. އެހެންކަމުން އުރީދޫގެ 5ޖީ އަކީ ގޭމަރުންނަށް ކުރިއަށް ވުރެ ވެސް ހަލުއި ސްޕީޑުގައި އިންޓަނެޓުން ގޭމް ކުޅެން ފަހިވެފައި އޮތް ފުރުސަތެކެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ ރާއްޖޭގައި އަލަށް ފަށާ ވީއާރް މުބާރާތާ މެދު ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށެވެ.

"އުރީދޫގެ 5ޖީން ގޭމަރުންނަށް ލިބޭ އެކްސްޕީރިއެންސް އިތުރަށް ފުރިހަމަ ކުރެވިއްޖެ،" އޭނާ ވިދާޅުވި އެވެ.

މި މުބާރާތުގައި ހިމެނޭ "ބީޓް ސޭބާ" ގޭމު ކުޅެނީ ނޮކްއައުޓް އުސޫލުންނެވެ. އެގޮތަށް ކުޅޭ އިރު ކޮންމެ ކުޅުންތެރިޔަކަށް ދެ މެޗު ލިބެ އެވެ. ދެ މެޗުގައި އެންމެ މަތިން ސްކޯ ލިބޭ އަށް ކުޅުންތެރިން ކުއާޓާ ފައިނަލަށް ދާނެ އެވެ.

މި މުބާރާތުގައި "100 ޑޮލާ ބިލް" އާއި "އެސްކޭޕް"ގެ ސައުންޑް ޓްރެކް ކުޅެ އެވެ. މި ދެ ލަވައިގެ ސައުންޑް ޓްރެކް ބޭނުންކުރާނީ ގޭމުގެ މަތީ ފެންވަރު މަރުހަލާގަ އެވެ.

މުބާރާތުގެ އެއް ޕާޓްނަރު، އީޓޫއެސްގެ ސީއީއޯ އިސްމާއިލް އަޒްމީ ވިދާޅުވީ ވީއާރް ގޭމިންއަށް ރާއްޖޭގައި ވަރަށް ބޮޑު މުސްތަގްބަލެއް އެބަ އޮތް ކަމަށެވެ.

"ވަރަށް މަޖާ މާހައުލެއްގައި ގޭމް ކުޅެލުމުގެ ފުރުސަތު މި ލިބިގެންދަނީ. ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ގޭމިން އިވެންޓްތައް ބާއްވަން މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޒަމާނީ ޓެކްނޮލޮޖީ އެންމެ ފުރިހަމައަށް ތަޖުރިބާކޮށްލެވޭނެ އެއް ތަނަކީ ވީއާރް ކެފޭ އެވެ. ވީއާރް ކެޕޭގެ ސީއީއޯ އަލީ ނާހިޒް ވިދާޅުވި ގޮތުގައި ވީއާރް އާއި ޒަމާނީ އެހެން ޓެކްނޮލޮޖީތައް ތަޖުރިބާކުރުމަށް އެ ކެފޭއިން ދިވެހިންނަށް ލިބޭނެ ފުރުސަތުތައް ގިނަ އެވެ.

އެތަނުގައި ބޭނުންކުރަނީ ސަލާމަތީ ގޮތުން އިތުބާރު ބޮޑު ސާމާނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެގެ ކެފޭއަށް އައުމަށް އޮންލައިންކޮށް ރިޒާވްކޮށްލެވޭނެ. ހުރިހާ ދިވެހިންނަށް މި ޒަމާނީ ޓެކްނޮލޮޖީ އެކްސްޕީރިއެންސް ކޮށްލުމުގެ ފުރުސަތު އެބަ އޮތް،" ނާހިޒް ވިދާޅުވި އެވެ.