މަހޭޝްގެ އަންހެނުން ރިއާގެ ދިފާއުގައި؛ ރިއާ ކުރިހޯދާނެ
މަހޭޝްގެ އަންހެނުން ރިއާގެ ދިފާއުގައި؛ ރިއާ ކުރިހޯދާނެ

މިދިޔަ އަހަރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ދަންޖެހިގެން މަރުވި މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރެވި ޖަލުގައި ދުވަސްތަކެއް ހޭދަކުރި ބަތަލާ ރިއާ ޗަކްރަބަތީގެ ދިފާއުގައި ޑައިރެކްޓަރު މަހޭޝް ބަޓްގެ އަންހެނުން އަދި ބަތަލާ ސޯނީ ރާޒްދާން ވާހަކަ ދަައްކައި އޭނާ އަށް ހިތްވަރު ދީފި އެވެ.

މަހޭޝްގެ އަންހެނުން ރިއާގެ ދިފާއުގައި؛ ރިއާ ކުރިހޯދާނެ
މަހޭޝްގެ އަންހެނުން ރިއާގެ ދިފާއުގައި؛ ރިއާ ކުރިހޯދާނެ

ބަތަލާ އާލިއާ ބަޓްގެ މަންމަ ކުރި ޓްވީޓްގައި ބުނި ގޮތުގައި ރިއާ ޖަލަށް ދާން ޖެހުމަކީ އޭނާއާ ދެކޮޅަށް ވާހަކަ ދެއްކި މީހުންނަށް ލިބުނު ހުތުރެކެވެ. އެކަމުން ރިއާގެ ކުށެއް ނެތްކަން ހާމަވި ކަމަށް ވެސް އޭނާ ބުންޏެވެ.

"އެހެންވީމާ ކޮބާ އޭނާއާ އެކީ އެއްވެސް މީހަކު މަސައްކަތްނުކުރަން ޖެހޭ ސަބަބަކީ؟ އަހަންނަށް ވަރަށް ޔަގީން ރިއާ ވަރަށް ކުރިއަށް ދާނެ. އަދި އެކަމަށް އުންމީދު ވެސް ކުރަން،" ސޯނީ ބުންޏެވެ.

ސޯނީ ރިއާއާ ގުޅުވައިގެން ޓްވީޓެއް ކުރީ 28 އަހަރުގެ ބަތަލާގެ ކެރިއަރު ހަލާކުވެފައިވާ ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކާ ގުޅިގެންނެވެ.

ރިއާ އަކީ ސުޝާންތު މަރުވި ދުވަސްވަރު ސޯނީގެ ފިރިމީހާ އަދި މަޝްހޫރު ޑައިރެކްޓަރު މަހޭޝްއާ ވަރަށް ހާއްސަ ސިއްރު ގުޅުމެއް އޮތް ކަމަށް ބުނެ މީޑިއާތަކުން ވަރަށް ތަފާތު ވާހަކަތަކެއް ދެކުވުނު ބަތަލާއެކެވެ. އެގޮތުން ސުޝާންތު "މަރާލުމުގައި" ރިއާ އާއި މަހޭޝް ރޭވުންތަކެއް ރޭވި ކަމަށް ބުނެ މީޑިއާތަކުން ސާބިތު ނުހިފޭ ވަރަށް ގިނަ ވާހަކަތަކެއް ފަތުރާފައިވެ އެވެ.

ރިއާ އެންމެ ފަހުން ބޮޑު ބޮޑު ސްކްރީނުން ފެނިފައި ވަނީ މަހޭޝް ޕްރޮޑިއުސްކުރި ފިލްމަކުންނެވެ. އެއީ 2018 ގެ "ޖަލޭބީ" އެވެ.

ސުޝާންތު މަރާ ގުޅިގެން މަސް ދުވަހު ހަލުގައި ހޭދަކޮށް ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލި ރިއާގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު ރޫމީ ޖެފްރީގެ "ޗެހެރޭ" އެވެ. އޭގެ ކާސްޓްގައި އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީ ވެސް ހިމެނެ އެވެ.

ރޫމީ ދާދި ފަހުން ބުނެފައިވާ ގޮތުގައި ރިއާ މި އަހަރުގެ ތެރޭގައި އަލުން ފިލްމީ މަސައްކަތްތައް ފަށާނެ އެވެ. އަދި އޭނާ އަބަދު ވެސް ޒުވާން ބަތަލާ އަށް ހިތްވަރު ދިނުމުގައި ދެމިހުންނާނެ ކަމަށް ބުންޏެވެ.

އޮކްޓޯބަރު މަހު ޖަލުން މިނިވަންވި ފަހުން ރިއާގެ ވާހަކަ މި ފަހުން މީޑިއާތަކަށް އެރީ މި މަހުގެ ކުރީކޮޅު މުމްބާއީ އިން އާ ގެއެއް ހޯދަން ނުކުމެ އުޅެނިކޮށް މީޑިއާތަކަށް އެކަން ފާހަގަކުރެވިގެންނެވެ.