ސީރިޔާއަށް ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޓެގް އެޅުވުމަށްފަހު ދޫކޮށްލައިފި
ސީރިޔާއަށް ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޓެގް އެޅުވުމަށްފަހު ދޫކޮށްލައިފި

ހަނގުރާމަ އަށް ދިޔަ ކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޯބަރު މަހު ހައްޔަރުކުރި ފިރިހެން މީހާ ޓެގް އެޅުވުމަށް ފަހު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކާއެކު ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދަތުރުކުރި ކަމުގެ ތުހުމަތުގައި އޮކްޓޯބަރު 15، 2020 ދުވަހުގެ ރޭ ހައްޔަރުކުރި 34 އަހަރުގެ ފިރިހެނަކު ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގައި ބެހެއްޓުމަށް ފަހު މިދިޔަ މަހުގެ ތިން ވަނަ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މީހާ ދޫކޮށްލާފައިވަނީ މޮނިކޮން އަމުރުގެ ދަށުން އޭނާގެ ކަންކަން ބަލައި މޮނީޓާކުރުމަށް ކަމަށް ވިދާޅުވި އެވެ.

ރީއިންޓިގްރޭޝަން މަރުކަޒަކީ، ހަނގުރާމައިން އަންނަ މީހުން އިސްލާހުކުރަން ފޮނުވާ މަރުކަޒެވެ. މިއީ، ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ މި މަރުކަޒަށް ގެންދިޔަ ފުރަތަމަ މީހާ އެވެ.

ހޯމް މިނިސްޓްރީން ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) އާ ހަވާލުކޮށްގެން ހެދި މަރުކަޒަށް 49 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އާއްމުކޮށްފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި، މުޅި ސިރިޔާ ހިމަނާފައިވަނީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި 19 ޖަމާއަތެއް ހިމަނާފައި ވެ އެވެ.