ޓޭލާ ސްވިފްޓާއި ކަލްވިން ހެރިސް ވަކިވެއްޖެ
ޓޭލާ ސްވިފްޓާއި ކަލްވިން ހެރިސް ވަކިވެއްޖެ

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ފަހުން، އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ ޓޭލާ ސްވިފްޓާއި އިނގިރޭސިވިލާތަށް އުފަން ޑީޖޭ އަދި ޕްރޮޑިއުސަރު ކަލްވިން ހެރިސް ވަކިވެއްޖެ އެވެ.

ޓޭލާ ސްވިފްޓާއި ކަލްވިން ހެރިސް ވަކިވެއްޖެ
ޓޭލާ ސްވިފްޓާއި ކަލްވިން ހެރިސް ވަކިވެއްޖެ

ނިއުޔޯކް ޑެއިލީން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ މީހުން ވަކިވީ އަމިއްލަ އަށް ބޭނުންވެގެންނެވެ. ދެ މީހުންގެ މެދުގައި ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށްވެ އެވެ.

އެކަމަކު ލޯބީގެ ގުޅުމަށް ނިމުމެއް ގެންނަން ޖެހުނީ ދެ މީހުންނަށް އެކުގައި އުޅެވިދާނެ ކަމަށް ނުފެންނާތީ، އެކަމާ ޓޭލާ އާއި ކަލްވިން މަޝްވަރާ ކުރުމަށް ފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި މަހުގެ 20 ވަނަ ދުވަހު ކާރު އެކްސިޑެންޓެއްގައި މޫނަށް ސީރިއަސް ޒަހަމްތަކެއް ލިބި އެކަމަކު މިހާރު ފަސޭހަވެފައިވާ ހެރިސް، 32، ބުނެފައިވާ ގޮތުގައި ދެ މީހުންގެ މިޒާޖު ވަރަށް ތަފާތެވެ. އެހެންވެ އެކުގައި އުޅެވެން ނެތީ އެވެ.

ދެ މީހުން ވަކިވެފައި މި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިދިޔަ މާޗް މަހަށް އެއް އަހަރު ވެސް ފުރިފައި ވަނިކޮށެވެ.

އެކަން ދެ މީހުން ވަރަށް ގަދައަށް ޗުއްޓީ ހަދައި ސެލަބްރޭޓް ވެސް ކުރި އެވެ.

އޭރު ޓޭލާ، 26، ބުނެފައިވާ ގޮތުގައި އޭނާ އުޅެނީ "ޖާދުލެއް ކަހަލަ" ގުޅުމެއްގެ ތެރޭގަ އެވެ.