17 ޖެނުއަރީ 2021 - 22:38

ކޮވިޑް-19 އަށް 51 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭގެ ތެރެއިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށެވެ. ރިސޯޓުތަކުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދަކީ 28 އެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14،500 އިން މައްޗަށް މިހާރު ވަނީ އަރައިފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13،540 މީހަކު ރަނގަޅު ވެފައި ވާތީ މިހާރު ފަރުވާ ދެނީ 917 މީހަކަށެވެ. ހޮސްޕިޓަލްގައި މިވަގުތު ފަރުވާ ދެނީ 69 މީހަކަށެވެ.
ކޮވިޑް-19 ގައި ރާއްޖެ އިން މިހާތަނަށް ވަނީ 49 މީހަކު މަރުވެފަ އެވެ.