އިތާފުށި ޕްރައިވެޓް އައިލެންޑްގެ އަގު: ރެއަކަށް 80,000 ޑޮލަރު
އިތާފުށި ޕްރައިވެޓް އައިލެންޑްގެ އަގު: ރެއަކަށް 80,000 ޑޮލަރު

ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ހިތްގައިމުކަމުގެ ގޮތުން މަތީ ދަރަޖައިގެ ރިސޯޓް އިތާފުށީގައި ހެދި ޕްރައިވެޓް ކުޑަކުޑަ ރަށް، މިދިއަ ހަފުތާގައި ބާޒާރަށް ހުޅުވާލައިފި އެވެ. އެކަމަކު އަގު އުޅެނީ އާދައިގެ މީހަކަށް އަތް ފޯރާ ފަށަކު ނޫނެވެ: ރެއަކަށް 80،000 ޑޮލަރު (1.3 މިލިއަން ރުފިޔާ) އެވެ.

އިތާފުށި ޕްރައިވެޓް އައިލެންޑްގެ އަގު: ރެއަކަށް 80,000 ޑޮލަރު
އިތާފުށި ޕްރައިވެޓް އައިލެންޑްގެ އަގު: ރެއަކަށް 80,000 ޑޮލަރު

ހިލްޓަންގެ ޗެއިން ތެރޭގައި ހިމެނޭ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކާއި ހޮޓާތައް މެނޭޖްކުރާ ބްރޭންޑް "ވަލްޑޯފް އެސްޓޯރިއާ" އިން ހިންގާ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި، މި ކުޑަކުޑަ ރަށް ހަދާފައި ވަނީ ރިސޯޓްގެ އެހެން ބައިތަކާ މުޅިން ވަކިންނެވެ. އެކަމަކު 32،000 އަކަ މީޓަރުގެ މި ރަށަކީ ވެސް، ހަމަ ރިސޯޓެކެވެ.

އިތާފުށި ޕްރައިވެޓް އައިލެންޑްގެ އަގު: ރެއަކަށް 80,000 ޑޮލަރު
އިތާފުށި ޕްރައިވެޓް އައިލެންޑްގެ އަގު: ރެއަކަށް 80,000 ޑޮލަރު

މި ޕްރައިވެޓް އައިލެންޑުގައި އެއްފަހަރާ 24 ޓޫރިސްޓުންނަށް ޗުއްޓީ ހޭދަކުރެވެ އެވެ. އެ މީހުންނަށް ހާއްސަކޮށްގެން ތިން އިމާރާތެއް ހިމެނެ އެވެ. އެއީ ދެ ކޮޓަރީގެ ވޯޓާ ވިލާއަކާއި ތިން ކޮޓަރީގެ ބީޗް ވިލާއަކާއި ހަތަރު ކޮޓަރީގެ ރެސިޑެންސް ވިލާއެކެވެ.

އިތާފުށި ޕްރައިވެޓް އައިލެންޑްގެ އަގު: ރެއަކަށް 80,000 ޑޮލަރު
އިތާފުށި ޕްރައިވެޓް އައިލެންޑްގެ އަގު: ރެއަކަށް 80,000 ޑޮލަރު

މިއިން ކޮންމެ ތަނެއްގައި ވެސް ހާއްސަ ޕޫލްތަކާއި ޖަކޫޒީ ލާފައިވެ އެވެ.

ރާއްޖޭގެ ހުދު ދޮންވެއްޔާއި ސާފު ބިއްލޫރިކޮޅެއް ފަދަ މޫދާ އެކު މި ރަށް ފެންނަނީ، ކާރޫބާރޫ ބޮޑު ދިރިއުޅުމުގެ ތެރެއިން ނުކުމެ ގުދުރަތީ ޗާލުކަމުގައި ހިތްއުފާކޮށްލަން ބޭނުން މުއްސަނދިންނަށް އެއްވަނައިގެ ތަނެއްގެ ގޮތުގަ އެވެ.

ހިލްޓަން އިން ބުނީ މި ޕްރައިވެޓް އައިލެންޑުން ހިތްފަސޭހަ އަދި އަމާން ޗުއްޓީއެއްގައި ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ.

މާލެ އަތޮޅުގައި ހަދާފައިވާ އިތާފުއްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ދާން ނަގަނީ 40 މިނެޓެވެ. ސީޕްލޭންގައި އެންމެ 15 މިނެޓެވެ.

ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ހުޅުވީ 2019 ގަ އެވެ. އެ ރިސޯޓްގައި 121 ވިލާ ހުރެ އެވެ.