ދެ ޔުނިވާސިޓީގެ ލައިބްރަރީގެ ހިދުމަތް ގުޅުވައިލަން އެއްބަސްވެއްޖެ
ދެ ޔުނިވާސިޓީގެ ލައިބްރަރީގެ ހިދުމަތް ގުޅުވައިލަން އެއްބަސްވެއްޖެ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ލައިބްރަރީގެ ހިދުމަތް ގުޅުވައިލުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ދެ ޔުނިވާސިޓީގެ ލައިބްރަރީގެ ހިދުމަތް ގުޅުވައިލަން އެއްބަސްވެއްޖެ
ދެ ޔުނިވާސިޓީގެ ލައިބްރަރީގެ ހިދުމަތް ގުޅުވައިލަން އެއްބަސްވެއްޖެ

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި، ވަސީލަތްތައް ހިއްސާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފާއި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒު "މިހާރު" އަށް ވިދާޅުވީ، ދެ ޔުނިވާސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް ވެސް އެ ދެ ލައިބްރަރީ ބޭނުންކުރެވޭނެ ކަމަށެވެ. އެއާއެކު، އެމްއެންޔޫ އާއި އައިޔޫމްގެ ގުޅުން ވެސް މިހާރަށް ވުރެ ބަދަހިވާނެކަން ފާހަގަކުރެއްވި އެވެ.

"އެމްއެންޔޫ ލައިބްރަރީގައި ނުހުރެދާނެ އައިޔޫއެމްގައި ހުރި އެއްޗެއް. އެގޮތަށް އައިޔޫއެމްގައި ވެސް ނުހުރެދާނެ އެމްއެންޔޫގައި ހުރި އެއްޗެއް. ބޭނުމަކީ އެގޮތަށް ރިސޯސަސް ޝެއާކުރުން،" ޑރ. ޝެހެނާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް އެއްބަސްވުމެއް ގާއިމްކުރުމުން މުވައްޒަފުންނަށް ވެސް އެކި ކަންކަން ދަސްވި ކުރިއެރުން ލިބޭނެ ކަމަށެވެ.