"ޗެރީ" ގައި ޓޮމް ހޮލަންޑް ތަފާތުވާނެ
"ޗެރީ" ގައި ޓޮމް ހޮލަންޑް ތަފާތުވާނެ

މިހާރު ސްޕައިޑަމޭންގެ ރޯލު ކުޅެމުން އަންނަ ޒުވާން އުންމީދީ އެކްޓަރު ޓޮމް ހޮލަންޑް ވަރަށް ތަފާތު ކެރެކްޓާއަކުން ފެންނާނެ "ޗެރީ" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

"އެވެންޖާޒް" ގެ ފިލްމުތައް ގެނެސްދިން އެންތަނީ އާއި ޖޯ ރުޒޯ ޑައިރެކްޓްކޮށްފައިވާ "ޗެރީ" އަކީ ވަރަށް ހަރު ޒުވާނެއްގެ ރޯލުން ޓޮމް ފެންނާނެ ފިލްމެކެވެ. މި ކްރައިމް ޑްރާމާގައި އޭނާއާ އެކީ ބޮޑު ކާސްޓެއް ވެސް ފެންނާނެ އެވެ.

"ޗެރީ" އަކީ ލިޔުންތެރިޔާ ނިކޯ ވޯކާ ހަމަ އެ ނަމުގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އަދި މިއީ 2019 ގެ "އެވެންޖާޒް: އެންޑްގޭމް" އަށް ފަހު ރުޒޯ ބްރަދާޒް ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

އެ ފިލްމަކީ މިހާރު ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރެކޯޑް އޮތް ފިލްމެކެވެ. އެހެންވެ "ޗެރީ" އަކީ ވެސް ރުޒޯ ބްރަދާޒްގެ އާދައިގެ ފިލްމަކަށް ނުވާނެ އެވެ. ފިލްމަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ. ފިލްމު ހުރިހާ ގޮތަކުން ވެސް މޮޅުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ރުޒޯ ބްރަދާޒްއިންނަށް މިހާރު ކުރެވޭ އިތުބާރު ވެސް ބޮޑުކަމުންބެވެ.

މީގައި ހުރި ވަރެއް ވަޒަންކޮށްލެވޭނީ ފިލްމު އާންމުންނާ ހަމައަށް އައި އިރަކުންނެވެ. އަންނަ މަހުގެ 26 ގައި ސިނަމާތަކަށް "ޗެރީ" ގެނައުމަށް ފަހު މާޗް 12 ގައި އެޕަލް ޓީވީ ޕްލަސް އަށް ފިލްމު އަންނާނެ އެވެ.

އިނގިރޭސިވިލާތަށް އުފަން ޓޮމް، 24، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކެއޯސް ވޯކިން" އާއި "އަންޗާޓެޑް" އަދި "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" ގެ ސީކްއެލް ހިމެނެ އެވެ.