10 ޖެނުއަރީ 2021 - 00:00

ށ. ކަނޑިތީމު ފަޅުތެރޭގައި އޮތް ދޯންޏެއްގައި މިރޭ އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ، ރޯވީ ޕެޓްރޯލް އުފުލާ ލަކުޑި ދޯންޏެއްގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ކަނޑިތީމު ކައުންސިލްގެ ނައިބު ރައީސް އާދަމް އަލީ "މިހާރު" އަށް ވިދާޅުވީ، އަލިފާން ރޯވާން ދިމާވީ ޕަންޕުގައި ވައި ހިފާފައި ވަނިކޮށް ސްޓާޓު ކުރުމުން ކަމަށެވެ. އެ ގަޑީގައި ޕަންޕު ގޮވައި
ދޯނީގައި ވަރަށް ބޮޑަށް ހުޅު ހިފި ކަމަށާއި އެ ވަގުތު އެތަނާ ވަރަށް ކައިރީ ދެ މީހަކު ވެސް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއްވެސް އަނިޔާއެއް ނުވެ އެ ދެމީހުން ސަލާމަތްވި ކަމަށް އާދަމް އަލީ ވިދާޅުވި އެވެ.
"އަލިފާންގަނޑު އަދިވެސް ނުނިއްވޭ. މި ވަގުތު ފުލުހުންނާއި އާންމުން އަންނަނީ އަލިފާން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެ ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހުޅުހިފައި ރޯވެފަ އެވެ.