08 ޖެނުއަރީ 2021 - 22:41

ކޮވިޑް-19 އަށް މިއަދު ރާއްޖެއިން 52 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ރިސޯޓްތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. ރިސޯޓްތަކުން 34 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު މާލެ ސަރަހައްދުން 11 މީހަކު ޕޮޒިޓިވްވެ އަދި އެކި ރަށްރަށުން ހަ މީހަކު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 14،000 އަށް އަރައިފަ އެވެ. އެކަމަކު އޭގެ ތެރެއިން 13،279 މީހަކު ރަނގަޅު ވެފައިވާތީ މިވަގުތު ފަރުވާ ދެނީ 705 މީހަކަށެވެ. އޭގެ ތެރެއިން 41 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގަ އެވެ.
ކޮވިޑް-19 ގައި މިހާތަނަށް ރާއްޖެއިން ވަނީ 49 މީހަކު މަރުވެފަ އެވެ.