ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 21 މީހުން
ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 21 މީހުން

ކޮވިޑް-19އަށް މިއަދު 21 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 17 މީހުން ޕޮޒިޓިވްވީ މާލޭ ސަރަހައްދުންނެވެ. އަދި މީހުން ދިރިއުޅޭ ދެ ރަށަކުން މީހުން ޕޮޒިޓިވްވި އިރު ދެ ރިސޯޓަކުން ވެސް ބަލި ވަނީ ފެނިފަ އެވެ.

އެޗްޕީއޭން ބުނިގޮތުގައި އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 2،715 ސާމްޕަލް ވަނީ ނަގައިފަ އެވެ. މި ވަގުތު ބަލިޖެހިފައިވާ 694 މީހުން ތިބި އިރު، 44 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އޭގެ ތެރެއިން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެނީ އެންމެ މީހަކަށެވެ.

ކޮވިޑްގައި މިހާތަނަށް 49 މީހަކު ވަނީ މަރުވެފަ އެވެ.