07 ޖެނުއަރީ 2021 - 22:54

ގއ. ދެއްވަދޫން ދިހަ މީހަކު، ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެ ރަށު ކައުންސިލުން ބުނިގޮތުގައި އެންމެ ފުރަތަމަ އެ ރަށުން ޕޮޒިޓިވްވީ މާލޭން ރަށަށް ގޮސް، ހޯމް ކަރަންޓީނުގައި ތިބި ތިން މީހެކެވެ. އޭގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި އެ ރަށުގެ އިތުރު ހަތް މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު އެއީ، ހަތަރު މަހުގެ ތުއްތު ކުއްޖާ އުރި މީހެއްގެ ފަރާތުން ބަލި ޖެހުނު މީހުންނެވެ.
އޭނާ ވިދާޅުވީ ޕޮޒިޓިވްވި އެންމެންގެ ކޮންޓެެކްޓް ޓްރޭސިން މިހާރު ހަދަމުން އަންނައިރު އޭގެ ތެރޭގައި މަސްވެރިއެއް ވެސް ހިމެނޭ ކަމަށެވެ. އަދި އޭނާ މަހަށް ދާ ދޯނީގައި 28އަށް ވުރެ ގިނަ މީހުން އުޅޭއިރު، އެ އެންމެންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.
ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަވެ، ސާމްޕަލް ނަތީޖާ ނުލިބެނީސް ބޭރަށް ނުކުތުމަކީ މަނާކަމެކެވެ. ގަވައިދާހިލާފުވާ ފަރާތްތަކުން ބޮޑު އަދަދަކުން މިހާރު ޖޫރިމަނާކުރެ އެވެ.