07 ޖެނުއަރީ 2021 - 17:56

ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ދިމާކޮށް، އެތަނުގެ ކުރިމަތީގައި ކުރިއަށްދާ އިހްތިޖާޖުގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފި އެވެ.
މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު ކޯޓުގައި ކުރިއަށް ދާއިރު، އެމަނިކުފާނުގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ ކޯޓު ސަރަހައްދަށް އެއްވެފަ އެވެ. އިދިކޮޅުން ބުނާގޮތުގައި އެއީ، އެ މަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކާ ދެކޮޅަށް ކުރާ ސުލްހަވެރި އިހްތިޖާޖެކެވެ.
މި އެއްވުމުގެ ތެރެއިން ފުލުހުން މިއަދު ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމް ކައުންސިލްގެ ތިން މެމްބަރުން ވެސް ހިމެނެ އެވެ.
ތުހުމަތުތަކާ ޝުރޫއުތައް ލިޔެފައިވާ ބޯޑުުތައް ހިފައިގެން، ސަޕޯޓަރުން އިހްތިޖާޖު ކުރަމުން ދާއިރު އެތަން ބަލަހައްޓަން ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިއަދު ކުރިއަށް ގެންގޮސްފައިވަނީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުގެ ދައުވާތަކާ ގުޅޭ އަޑުއެހުމެކެވެ.