ލައިފް ސަޕޯޓުން ސްކޫލުތަކަށް ހޭންޑް ސެނިޓައިޒާ ހަދިޔާކޮށްފި
ލައިފް ސަޕޯޓުން ސްކޫލުތަކަށް ހޭންޑް ސެނިޓައިޒާ ހަދިޔާކޮށްފި

ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑުން މި އަހަރު ހިންގާ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީއަށް 5،000 ފުޅި ހޭންޑް ސެނިޓައިޒާ ހަދިޔާކޮށްފި އެވެ.

ސެނިޓައިޒާ މި ހަދިޔާކުރީ ކޮވިޑް-19 ގެ ސަބަބުން ސްކޫލްތައް ބަންދުކުރިތާ އެތައް މަހެއް ފަހުން އާދިއްތަ ދުވަހު ސްކޫލްތަކުގެ ދެ ވަނަ ޓާމްގެ ކިޔެވުން ފަށަން ތައްޔާރުވަމުން އަންނަނިކޮށެވެ. ލައިފް ސަޕޯޓުން ބުނީ މިއީ ސްކޫލް ތަކުގެ ސްޓާފުންނާއި ދަރިވަރުން ކޮވިޑުން ރައްކާތެރިވެ ތިބުމަށް މިނިސްޓްރީން ކުރާ މަސައްކަތަށް ދިން އެހީއެއް ކަމަށެވެ.

ހަދިޔާކުރާ ސެނިޓައިޒާ ސްކޫލްތަކަށް ބަހާނީ އެޑިއުކޭޝަނުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ މިތަކެތި ހަވާލުކޮށްދެއްވީ ލައިފް ސަޕޯޓްގެ މެނޭޖިން ޑިރެކްޓާ ޑރ. މަރިޔަމް ވަސީމާ އާއި ޖެނެރަލް މެނޭޖާ އަބްދުﷲ މައުމޫނެވެ. މިނިސްޓްރީގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.