ރީތި ހަށިގަނޑުގެ ސަބަބުން ވިހަން އުނދަގޫވި
ރީތި ހަށިގަނޑުގެ ސަބަބުން ވިހަން އުނދަގޫވި

މިސް ޔުނިވާސް އަކަށް ހޮވިފައިވާ، އޮސްޓްރޭލިއާ އަށް އުފަން ޗޮންޓޭލް ޑުންކަން މިހާރު މަޝްހޫރީ ބަލިވެ އިނދެ ވިހެއުމަށް ފަހު ވެސް ވަރަށް ފިޓްކޮށް ހުންނަ މީހެއްގެ ގޮތުގަ އެވެ. ވިހެއުމަކީ އަންހެނެއްގެ ސިފަ ގެއްލޭ ކަމެއް ނޫންކަން ދެއްކުމަށް ޗޮންޓޭލްގެ މިސާލު ދެއްކި ނަމަވެސް އޭނާ ވަނީ ހަށިގަނޑު ބައްޓަންކުރެވިފައިވާ ގޮތުން ދިމާވި މައްސަލަތަކެއް މީޑިއާއާ ހިއްސާކޮށްފަ އެވެ.

ރީތި ހަށިގަނޑުގެ ސަބަބުން ވިހަން އުނދަގޫވި
ރީތި ހަށިގަނޑުގެ ސަބަބުން ވިހަން އުނދަގޫވި

ޗޮންޓޭލް ވިހޭތާ މިހާރު ހައެއްކަ މަސް ދުވަސް ވެއްޖެ އެވެ. ޗޮންޓެލް ބުނި ގޮތުގައި، އޭނާގެ ހަށިގަނޑުގެ ފުރިހަމަ ކަމުގެ ވާހަކަ އެންމެން ދައްކާއިރު، ވިހެއުމަށް ހަށިގަނޑުގެ ސަބަބުން ކުރިމަތިވި ދަތިތަކާ ބެހޭ ވާހަކަތައް ކިޔައިދޭން ބޭނުންވީ ހޭލުންތެރިކަން އިތުރުކޮށްދިނުމަށެވެ.

ޗޮންޓޭލް އަކީ ރީތީގެ ރާނީއެއްގެ އިތުރުން ޕާސަނަލް ޓްރެއިނާއެކެވެ. ވިހާ ދުވަސް ކައިރިވުމުން އޭނާއަށް މައްސަލަތައް ދިމާވީ ބަނޑުގެ މަސްތައް ހަރުކަމުންނެވެ. އެހެންކަމުން ދުވަސް ނުފުރެނީސް ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގުމަށް 27 އަހަރުގެ ޗޮންޓޭލް އަށް ޑޮކްޓަރުން އިރުޝާދު ދިނެވެ.

ޗޮންޓޭލް އިންސްޓަގްރާމް ކޮށްފައިވާ މެސެޖެއްގައިވާ ގޮތުން އޭނާގެ ހަށިގަނޑުގައިވާ ވަރުގަދަ މަސްތަކުގެ ސަބަބުން ދަރިފުޅު ބަނޑު ތެރޭގައި އޮތީ ތާާށިވީ އެވެ.

"ޑޮކްޓަރުން ދަރިފުޅު ނަގަން ވަރަށް ބުރަ އުފުލަން ޖެހުނު. ބަނޑުގެ މަސްތައް ހަރުކަމުން އޭނާ އޮތީ ވަރަށް ގަދަޔަށް ބަނޑުތެރޭގައި ތާށިވެފައި. އެހެންވެ އޮޕަރޭޝަން ކުރަނިކޮށް އަހަންނަށް ހޮޑުލެވެން ފެށީ،" ޑުންކަން ބުނެފައިވެ އެވެ.

ސިޒޭރިއަން ހަދާއިރު އާންމުކޮށް ކަފާ ވަރަށް ވުރެ އިތުރަށް ޗޮންޓެލްގެ ބަނޑު ކަފާލަން ޖެހުނުކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. ސަބަބަކީ އޭނާގެ ބަނޑުގެ މަސްތަކުގެ ވާންކަމާއި ވަރުގަދަކަމުން ޑޮކްޓަރުންނަށް ފަޅާލަންވެސް އުނދަގޫ ވުމާއި ފަހުން ފޯސެޕްސްއެއް ލައްވައިގެން ކުއްޖާ ނަގަން ޖެހުމުންނެވެ.

ޗޮންޓެލް ބަނޑުބޮޑުވުމުން ގިނަ ބަޔަކަށް އޭނާ މަޝްހޫރުވީ ބަލިވެ އިނދެ ވިހަން ގާތްވި އިރު ވެސް އޭނާގެ ހިކި ހަށިގަނޑު އެގޮތުގައި ދެމެހެއްޓި މީހަކަށް ވީތީ އެވެ.

ޗޮންޓެލްގެ ދަރިފުޅު ޖެރެމިއާ އުފަންވި އިރު ހުރީ ހަތް ޕައުންޑެވެ.

ޗޮންޓެލް ބަލިވެ އިނދެ ވިހާ ދުވަސް ގާތްވި އިރު އޭނާގެ ބަނޑު ކުޑަކަމުން ބައެއް މީހުން އޭނާއަށް ވަރަށް ފާޑު ކިޔާފައިވެ އެވެ. ނަމަވެސް ޗޮންޓެލް އެފަދަ މީހުންނަށް ޖަވާބުދެނީ އޭނާ ކެއުމަށް ފަރުވާތެރިވެ ސިއްހަތަށް ފައިދާހުރި ކާނާ ކައިގެން އެކަށީގެންވާ ގޮތަކަށް ކަސްރަތު ކުރާތީ ބަނޑު އެގޮތަށް ހުރީ ކަމަށް ބުނެ އެވެ.

ކޮންމެ މީހަކުވެސް ބަލިވެ އިނުމާ ގުޅިގެން ދިމާވާނީ ތަފާތު ގޮތްތަކެއް ކަމަށާއި އެއީ ކޮންމެހެން ރަނގަޅަށް ނުކާތީ ނުވަތަ ގޯސްކޮށް ކަންތައްތައް ކުރާތީ ވާ ގޮތެއް ނޫންކަމަށް ވެސް ޗޮންޓޭލް ބުނެފައިވެ އެވެ.