ކޮވިޑް-19: އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19: އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 37 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 20 މީހަކު ކަމަށެވެ. ރިސޯޓުތަކުން އިތުރު 15 މީހަކު ޕޮޒިޓިވްވެފައިވާ އިރު ރަށްރަށުން ދެ މީހަކު ޕޮޒިޓިވްވެފައި ވި ކަމަށް އެ އެޖެންސީން ބުންޏެވެ.

މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓުކުރި 3،088 މީހުންގެ ތެރެއިން ޕޮޒިޓިވްވި އަދަދެވެ.

ޖުމްލަ 13،930 މީހަކު ރާއްޖެ އިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ އިރު، މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 658 މީހުންނެވެ. ހޮސްޕިޓަލުތަކުގައި 41 މީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 48 މީހަކު ވަނީ މަރުވެފަ އެވެ.