07 ޖެނުއަރީ 2021 - 08:17

އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ހޮލީވުޑްގެ ބަތަލާ އެމާ ސްޓޯން މަޔަކަށްވުމުގެ ދަތުރު ފަށައިފި އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ލޯބިވެރިޔާ ޑޭވް މެކޭރީއާ ކައިވެނިކުރި ބަތަލާ ބަލިވެއިނުމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދެއްކި ނަމަވެސް އޭނާގެ ބަލިވެއިންކަން ކަށަވަރުވާ ފޮޓޯތަކެއް ގިނަ މީޑިއާތަކުން ގެނެސް ދީފައި އެވެ.
އެ ފޮޓޯތަކުގައި ފެންނަނީ ކަޅު ކުލައިގެ ޓޮޕަކާއި ޓައިޓެއް ލައިގެން އިން 32 އަހަރުގެ ބަތަލާ ތޮތްޕަކާއި މާސްކެއް އަޅައިގެން ރައްޓެއްސަކާ އެކު ލޮސް އެންޖެލިސްގެ މަގެއްގައި ހިނގާފައި ދަނިކޮށެވެ. ފޮޓޯތަަކުން ފެންނަ ގޮތުގައި އެމާގެ ބަނޑަށް ތިން ހަތަރު މަސް ވެދާނެ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ފިލްމު "ލާ ލާ ލޭންޑް" އިން އެންމެ މޮޅު ބަތަލާގެ އޮސްކާ ހޯދި އެމާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރު ރިލީޒްކުރާނެ ޑިޒްނީގެ ކްރައިމް ކޮމެޑީ "ކުރްއެލާ" އެވެ.