ރެޑްވޭވުން ބެގްރީސް ބްރޭންޑްގެ ސީރިއަލް ތައާރަފްކޮށްފި
ރެޑްވޭވުން ބެގްރީސް ބްރޭންޑްގެ ސީރިއަލް ތައާރަފްކޮށްފި

ރެޑްވޭވުން ބެގްރީސް ސީރިއަލް ބްރޭންޑްގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ރެޑްވޭވުން ބެގްރީސް ބްރޭންޑްގެ ސީރިއަލް ތައާރަފްކޮށްފި
ރެޑްވޭވުން ބެގްރީސް ބްރޭންޑްގެ ސީރިއަލް ތައާރަފްކޮށްފި

މި ބްރޭންޑްގެ އޯޓްސް އާއި މުއެސްލީ ރެޑްވޭވުން ލިބޭނެ އެވެ. މިއީ ހެނދުނުގެ ނާސްތާއަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ.

އޭޝިއާގެ މާކެޓުގައި ސިއްހަތަށް ފައިދާހުރި ބްރެކްފާސްޓް ސީރިއަލް ބްރޭންޑުގެ ގޮތުގައި މަޝްހޫރުވަމުން އަންނަ ބެގްރީސް ބްރޭންޑުގެ 36 އުފެއްދުމެއް ރެޑްވޭވުން ލިބޭނެ އެވެ. ބެގްރީސް ކުންފުންޏަކީ ސީރިއަލް އުފެއްދުމުގެ 50 އަހަރުގެ ތަޖުރިބާ ހުރި އިންޑިއާގެ ކުންފުންޏެކެވެ.

ދުނިޔޭގެ ފެންވަރުގައި ކޮލިޓީ ބެލުމަށް ބޭނުންކުރާ އެފްއެސްއެސްސީ 22000 އަދި އެޗްއޭސީސީޕީ ހަލާލްގެ މިންގަނޑުތަކަށް ފެތޭ، ބެގްރީސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މެޓީރިއަލް ގެނެސްގެން ތައްޔާރުކޮށްފައިވާ ބްރޭންޑެކެވެ. މާކެޓުގައި އާންމުކޮށް ނުހުންނަ ޗިއާ ސީޑާއި ކުއިނޯވެސް ބެގްރީސްގެ ބްރޭންޑުން ލިބެން ހުރެ އެވެ.

ޕްރޮޓީން އާއި ފައިބަ ހިމެނޭ ބެގްރީސްގެ ހުރިހާ ބާވަތަކީ ވެސް ސިއްހަތަށް ސަމާލުކަންދޭ މީހުންނަށް ހާއްސަ ބާވަތެއް ކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވުން ބެގްރީސް ރީޓެއިލްކޮށް ހެޔޮ އަގުތަކެއްގައި ލިބޭ އިރު ހޯލްސޭލްކޮށް މި ބްރޭންޑްގެ ބާވަތްތައް ލިބޭނެ އެވެ.