ޒީޓީވީގެ "ތޭރީ މޭރީ އިކް ޖިނދުޅީ" މި މަހުގެ 27 ގައި
ޒީޓީވީގެ "ތޭރީ މޭރީ އިކް ޖިނދުޅީ" މި މަހުގެ 27 ގައި

ޒީޓީވީން މި އަހަރު އަލަށް ފަށާ ސިލްސިލާ "ތޭރީ މޭރީ އިކް ޖިނދުޅީ" މި މަހުގެ 27 ގައި ދައްކަން ނިންމައިފި އެވެ.

އަސަރުގަދަ ލޯބީގެ ވާހަކައެއް ކިޔަދައިދޭނެ މި ސިލްސިލާގެ ޕްރޮމޯ ވެސް މިހާރު ދައްކަމުން އަންނަ އިރު، ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 7:30 ގައި ސިލްސިލާގެ އެޕިސޯޑްތައް ގެނެސްދޭނެ އެވެ.

"ތޭރީ މޭރީ އިކް ޖިނދުޅީ" ގެ ބަތަލާ އަކީ އަލަށް ތައާރަފުކުރާ އަމަންދީޕް ސިދޫ އެވެ. އޭނާ ފެންނާނީ ޕަންޖާބްގައި ދިރިއުޅޭ މާހީ ކިޔާ ކެރެކްޓާއަކުންނެވެ. ސިލްސިލާގެ ބަތަލަކީ ކުރިން ވެސް ކާމިޔާބު ސިލްސިލާތަކެއް ކުޅެފައިވާ އަދުވިކް މަހާޖަނެވެ. އޭނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ދިވްޔާ ދުރިޝްތީ" އަދި "ބާނީ: އިޝްގް ކާ ދަލްމާ" ފާހަގަކޮށްލެވެ އެވެ.

"ތޭރީ މޭރީ އިކް ޖިނދުޅީ" ގައި އަދުވިކްގެ ކެރެކްޓާ އަކީ ޖޮގިންދަރު (ޖޯގީ) އެވެ.

މި ސިލްސިލާ އަށް ނަން ދީފައި މި ވަނީ ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ކުޅުނު 2001 ގެ ކާމިޔާބު ފިލްމު "ގަދަރު: އޭކް ޕްރޭމް ޚަތާ" ގެ ލަވައެއްގެ ކަނޑިއަކުންނެވެ.