ނިއު ދިއްލީ އަކީ މިހާރު "ގޭސް ޗެމްބަރެއް": ޗީފް މިނިސްޓަރު
ނިއު ދިއްލީ އަކީ މިހާރު "ގޭސް ޗެމްބަރެއް": ޗީފް މިނިސްޓަރު

ނިއު ދިއްލީ (ނޮވެމްބަރު 6) - ވެރިރަށް ނިއު ދިއްލީގެ ޖައްވު ކިލަނބުވެގެން ގޮސް އެ ސިޓީ މިހާރު ހީވަނީ "ގޭސް ޗެމަބަރެއް" ހެން ކަމަށް ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް ވިދާޅުވެއްޖެ އެވެ.

ނިއު ދިއްލީ އަކީ މިހާރު "ގޭސް ޗެމްބަރެއް": ޗީފް މިނިސްޓަރު
ނިއު ދިއްލީ އަކީ މިހާރު "ގޭސް ޗެމްބަރެއް": ޗީފް މިނިސްޓަރު

ވޭތުވެދިޔަ 15-20 ދުވަހު ތެރޭ ދިއްލީގެ ޖައްވު ނުސާފުވަމުން ގޮސް އެންމެ ފަހުން ކުދިން ސްކޫލަަށް ނުދެވޭ ހިސާބަށް ދިއުމުން އިއްޔެ ވަނީ ދިއްލީގެ 1،800 ސްކޫލް ބަންދުކޮށްފަ އެވެ. ކެޖްރިވާލް ވިދާޅުވީ ސްކޫލްތައް ތިން ދުވަހަށް ބަންދުކުރާނެ ކަމަށެވެ. ދުން ބޯވުމާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުމަށް ކެޖްރިވާލް ވަނީ ނިންމަވައިފަ އެވެ.

ނިއު ދިއްލީ އަކީ މިހާރު "ގޭސް ޗެމްބަރެއް": ޗީފް މިނިސްޓަރު
ނިއު ދިއްލީ އަކީ މިހާރު "ގޭސް ޗެމްބަރެއް": ޗީފް މިނިސްޓަރު

ކެޖްރިވާލް ވިދާޅުވީ ދާދި ފަހުން އިންޑިއާގައި ފާހަގަކުރި ދިވާލީ ހަފުލާއާ ގުޅިގެން އެރުވި ބަޑި ބޭހުގެ ދުމުގެ ސަބަބުން ވެސް ޖައްވު ކިލަނބުވި ކަމަށެވެ. ނަމަވެސް އެއަށް ވުރެ ބޮޑަށް ޖައްވުމުގެ ނުސާފުކަން ބޮޑުވެފައި ވަނީ ދުއްވާ އެއްޗެހީގެ ދުމާއި ދަނޑުތައް އެންދުމުގެ ސަބަބުން ކަމަށެވެ.

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަނިލް މަދާވް ޑޭވް ވިދާޅުވީ ދުން ކޮންޓްރޯލް ކުރަން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ދިއްލީގެ ސަރުކާރާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

ދިއްލީގެ ދެކުނުގެ ހިސާބުތަކުގެ ވައިގެ ނުސާފުކަން މިދިޔަ ހަފުތާގައި ހުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 10 ގުނަ ގޯސްކޮށެވެ.