03 ޖެނުއަރީ 2021 - 22:15

މިދިޔަ 24 ގަޑިއިރު ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވީ 33 މީހަކު ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 24 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށާއި ދެން ތިބީ ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ސިނާއީ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 13،867 އަށް މިހާރު ވަނީ އަރައިފަ އެވެ.
އޭގެ ތެރެއިން 13،191 މީހަކު ރަނގަޅު ވެފައިވާތީ މިވަގުތު ފަރުވާ ދެނީ 621 މީހަކަށެވެ. އޭގެ ތެރެއިން 31 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގަ އެވެ.
ކޮވިޑް-19 މިހާތަނަށް ރާއްޖެއިން މަރުވީ 48 މީހެކެވެ.