ހިންމަފުށީ ރޯދަ ހަދިޔާ: ކޮންމެ މީހަކަށް 200ރ.!
ހިންމަފުށީ ރޯދަ ހަދިޔާ: ކޮންމެ މީހަކަށް 200ރ.!

ރޯދަމަސް ފެށެން ދެތިން ދުވަހަށް ވެފައިވާ އިރު އެކި ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ތަފާތު ހަދިޔާތައް ބަހަމުންނެވެ. ކަރަންޓް ބިލުގެ އެއްބައި ދައްކައިދިނުމާއި ކާޑުގެ ބާވަތްތައް ބެހުން ފަދަ ކަންތައް އެކި ރަށްރަށުން ކުރެ އެވެ. މިފަހަރު ކ. ހިންމަފުށީ ކައުންސިލުން ދޭން ނިންމާފައިވަނީ އެ ރަށުގެ ރަޖިސްޓްރީގައި އޮތް ކޮންމެ މީހަކަށް 200ރ. އެވެ.

ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހީމް މިއަދު ވިދާޅުވީ ވަކި އުމުރަކަށް ބެލުމެއް ނެތި ރަށުގެ ރަޖިސްޓްރީގައި ހިމެނޭ 1074 މީހުންނަށް އެ އިނާޔަތް ލިބޭނެ ކަމަށެވެ. އިނާޔަތް ދިނުމަށް ކައުންސިލުން 214،800ރ. ގެ ބަޖެޓެއް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯދަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ 28 ވަނަ ދުވަހާ ހަމަ އަށް އެ އިނާޔަތް ދޫކުރަން ކައުންސިލުން ވަނީ ހަމަޖައްސައިފަ އެވެ.

މިސްކިތްތަކާއި ރަށު ތެރެ ޒީނަތްތެރި ކޮށް ރައްޔިތުންގެ މާހެފުމަކަށް މިހާރު އޮތީ ތައްޔާރުވެފަ އެވެ.