02 ޖެނުއަރީ 2021 - 22:45

ކޮވިޑް-19 އަށް އިތުރު 30 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން 17 އަދި ރިސޯޓުތަކުން 13 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހުން ޕޮޒިޓިވްވެފައިވަނީ 2،105 ސާމްޕަލްގެ ތެރެއިންނެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 13،834 އަށް އަރައިފަ އެވެ.
ބަލިން 16 މީހަކު ރަނގަޅުވެފައިވެ އެވެ. އެހެންވެ މި ވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 613 މީހުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 25 މީހަކަށް ފަރުވާ ދެ އެވެ.
އެޗްޕީއޭއިން ރޭ އަޕްޑޭޓްކުރި މައުލޫމާތުތަކަށް ބަލާއިރު، މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވް 427 މީހުން އެބަތިއްބެވެ. އޮޕަރޭޓްކުރަމުން އަންނަ ރިސޯޓުތަކުގައި ކޮވިޑަށް ޕޮޒިޓިވް 81 މީހުން އަދި ރަށްރަށުގައި އެ ބައްޔަށް ޕޮޒިޓިވް 43 މީހުން އެބަތިއްބެވެ.