06 ނޮވެމްބަރ 2016 - 10:49

އެލައިޑް އިންޝުއަރެންސް ގައުމީ ފިރިހެން ވޮލީބޯޅަ ލީގުގެ ފުރަތަމަ ތިން މެޗު ޕޮލިސް ކްލަބާއި ސްޓެލްކޯ ރިކްރިއޭޝަން ކްލަބް އަދި ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކޮށްފި އެވެ.
ސިފައިން މޮޅުވީ ރޭ ގަދަފަދަ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަނާ ވާދަކޮށް ފަހަތުން އަރައި 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު މޯލްޑިވިއަން ކާމިޔާބުކުރީ 25-22 އިންނެވެ. ސިފައިން މޮޅުވީ ފަހު ތިން ސެޓު 15-25، 18-25 އަދި 13-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިފައިންގެ ޓީމުގެ މުރާދު ޖޭހާން އެވެ.
އިއްޔެ ކުޅުނު ފުރަތަމަ ފުރަތަމަ މެޗު ޕޮލިސް ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ސިޓީއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 27-25، 25-18 އަދި 25-11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިހުގެ މުހައްމަދު ޝާއިން އެވެ.
ސްޓެލްކޯ އިން ފުރަތަމަ މެޗު ކާމިޔާބުކުރީ ގުޑީސް ސްޕޯޓްސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ކުރިން ގިނަ ކުޅިވަރުތަކެއްގައި ވާދަކޮށް ކާމިޔާބީ ހޯދާފައިވާ ސްޓެލްކޯ އިން ސެޓުތައް ގެންދިޔައީ ފަސޭހަކަމާ އެކު 25-9، 25-15 އަދި 25-8 އިންނެވެ.
ގައުމީ ފިރިހެން ލީގުގައި ހަ ޓީމު ވާދަކުރާ އިރު ގައުމީ މުބާރާތަށް ހޮވޭނީ ހަތަރު ޓީމެވެ. ފިރިހެން ލީގު އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ކުޅެވޭނީ ބިދޭސީ ދެ ކުޅުންތެރިންނަށެވެ.