ދެ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް މިނިސްޓަރު ޒިޔާރަތްކޮށްފި
ދެ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް މިނިސްޓަރު ޒިޔާރަތްކޮށްފި

ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ދެ އަހަރުގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓަރު ޒިޔާރަތް ކުރައްވައި އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިއަދު އެ މިނިސްޓްރީގައި "ސަޕްރައިޒް" ހަފްލާއެއް ބާއްވައިފި އެވެ.

ދެ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް މިނިސްޓަރު ޒިޔާރަތްކޮށްފި
ދެ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް މިނިސްޓަރު ޒިޔާރަތްކޮށްފި

އެ މިނިސްްޓްރީން ބުނި ގޮތުގައި ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ވައުދަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތައުލީމް ފޯރުކޮށްދިނުމެވެ. އެ ސިޔާސަތާ އެއްގޮތަށް ސްކޫލުތަކުގައި ތައުލީމް ފޯރުކޮށްދޭތޯ ބެލުމަށް، މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ ހުރިހާ ސްކޫލްތަކަށް ޒިޔާރަތް ކުރެއްވުމުގެ ސިލްސިލާ ދަތުރުތަކެއް 2014 ވަނަ އަހަރު ފައްޓަވައިފަ އެވެ.

ދެ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް މިނިސްޓަރު ޒިޔާރަތްކޮށްފި
ދެ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް މިނިސްޓަރު ޒިޔާރަތްކޮށްފި

މި ސިލްސިލާ ދަތުރުތަކުގެ ތެރެއިން މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓްރީގެ ޓީމް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކޮށް އެ ސްކޫލުތަކަށް ދިމާވާ ގޮންޖެހުންތައް ބަލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ މައްސަލަތައް ދެނެގަނެ އެ ކަަންތައްތަކަށް ހައްލު ހޯދަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް، މި ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ދެ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް މިނިސްޓަރު ޒިޔާރަތްކޮށްފި
ދެ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް މިނިސްޓަރު ޒިޔާރަތްކޮށްފި

ކޭކު ފެޅުމާ އެކު އޮތް މި ހަފުލާގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ހާލު ދެނެގަނެވިފައިވާ ކަމަށާއި އެ ކަންތައްތަކަށް ހައްލު ހޯދަން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ރަށްރަށުގެ ދަރިވަރުންނަށް ބޭނުންވާ ކަންތައްތައް ތަފާތުވުމުން އެ ކަންތައް ބަދަލުކުރަން ފުރުސަތު ލިބުމެވެ.

"އެކި ރަށްރަށުގައި ތިބޭ ކުދިންގެ ބޭނުންތައް ތަފާތުވުމުން އެބަޖެހޭ އެ ރަށްރަށުގައި ހިންގާ ޕްރޮގްރާމްތައް ބަދަލުކުރަން. އެ ޕްރޮގްރާމް ބަދަލު ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް މިއީ ބެލެނިވެރިންނާ ބައްދަލުކޮށް ވާހަކަދެއްކުމަށް ލިބޭ. އަޅުގަނޑުމެން ކައިރީގައި މިވެނި ކަމެއް ބަދަލު ކޮށްލަ ދީފިއްޔާ ވަރަށް ރަނގަޅުވާނޭ ބުނެފިއްޔާ އެ ކަންތައްތައް ބަދަލުކުރަން ވަރަށް މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށަށް ކުރި ދަތުރުތަކުގައި މިނިސްޓްރީގެ ޓީމަށް ވަރަށް ބޮޑު އެހީތެރިކަމަށް ލިބުނު ކަމަށާއި ރައްޔިތުން ތައުލީމަށް ބަހައްޓާ ސަމާލުކަން ހާމަވެގެންދިޔަ ކަމަށެވެ.

މި ދަތުރުގައި ބީޓެކާއި ދަސްވާރާއި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓުތަކުގެ މަސައްކަތްތައް ވެސް ދަރިވަރުންނާއި ބެލެނިވެރިންނަށް ކިޔައިދިނެވެ. މީގެ އިތުރުން ރަނގަޅު ކެރިއަރެއް ހޯދުމަށް ކެރިިއަ ގައިޑެންސްގެ ސެޝަންތައް ވެސް ދަރިވަރުންނަށް ވަނީ ނަގައިދީފަ އެވެ.

އާއިޝަތު ޝިހާމް ވެފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޒިޔާރަތް ކުރެއްވި ފުރަތަމަ އެޑިއުކޭޝަން މިނިސްޓަރަށެވެ.