ހުޅުމާލެ އަލިކުރަން ހާހަކަށް ވުރެ ގިނަ ލައިޓް ހަރުކުރަނީ
ހުޅުމާލެ އަލިކުރަން ހާހަކަށް ވުރެ ގިނަ ލައިޓް ހަރުކުރަނީ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ މަގުތަކުގައި ޖަހާފައިވާ ލައިޓްތަކުން އެކަށީގެންވާ ވަރަށް އަލިކަން ނުހުންނަ މައްސަލަ މައްސަލަ ހައްލުކުރުމަށާއި ލައިޓް ނެތް ތަންތަނުގައި ހާހަކަށް ވުރެ ގިނަ ލައިޓް ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

ހުޅުމާލެ އަލިކުރަން ހާހަކަށް ވުރެ ގިނަ ލައިޓް ހަރުކުރަނީ
ހުޅުމާލެ އަލިކުރަން ހާހަކަށް ވުރެ ގިނަ ލައިޓް ހަރުކުރަނީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ކޯޕަރޭޝަނުން އެކުލަވާލާފައިވާ "ސްޓްރީޓް ލައިޓިން މާސްޓާ ޕްލޭން" ގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ 14 ޒޯނެއްގައި މަގު ބައްތި ހަރުކުރާނެ ކަމަށެވެ. ތިން ޒޯނެއްގައި މި މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

މައްސަލަ ޖެހިފައިވާ ނުވަތަ މިހާރު މަސައްކަތް ނުކުރާ ބައްތިތައް ބަދަލުކުރުމާއި އަނދިރި ކަމަށް ފާހަގަކުރެވުނު އިތުރު މަގުތަކުގައި އާ ބައްތި ޖެހުން މި މަޝްރޫއުގައި ހިމެނެ އެވެ.

މި މަޝްރޫއުގެ ދަށުން 1،330 މަގުބައްތި ހަރުކުރާނެ އެވެ. ޗައިނާގެ ކުންފުންޏެއް ކަމަށްވާ ގުއަންގެޒޯ ޔުއަން މެކޭނިކަލް އެންޑް އެލެކްޓްރިކަލްއާ އެކު ފެށި މި މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ކުރިން ފުރިހަމަކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މަގުބައްތި މީގެ ކުރިން ހަރުކޮށްފައި ނެތް ތަންތަނުގައި ހަރުކުރާ އިރު،ބައެއް ގަސްތައް ނަގަން ޖެހޭނެ ކަމަށާއި ނަގައިގެން އެހެން ސަރަހައްދުތަކަށް ބަދަލުކުރެވޭ ގަސްތައް ނަގާނީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. ނަގާ ގަސްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ނުވަތަ ސެންޓްރަލް ޕާކުގައި އިންދަން ވަނީ ނިންމައިފަ އެވެ.

ހުޅުމާލެ އަނދިރިވުމުންނާއި މަގުމަތީގައި ސީސީޓީވީ މަދުކަމުން ކަންބޮޑުވުން އޮވެ އެވެ. ހުޅުމާލޭގެ އެކަހެރި އަދި އަނދިރި ހިސާބުތަކުގައި ހިންގާފައިވާ ކުށުގެ އަމަލުތަކުގެ ތަހުގީގަށް ވެސް މިކަމުގެ ސަަބަބުން ދަތިވެފައިވެ އެވެ.