ސޮނާކްޝީ އަށް މި ފަހަރު ނެޓްފްލިކްސްގެ ސީރީޒެއް
ސޮނާކްޝީ އަށް މި ފަހަރު ނެޓްފްލިކްސްގެ ސީރީޒެއް

އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ "ފޯލެން" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ނެޓްފްލިކްސްގެ ސީރީޒަކަށް ވެސް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ މިއީ އެކްޝަން ތުރިލާއެއް ކަމަށާއި ސޮނާކްޝީއާ އެކު، އޭގެ ކާސްޓުން މަޝްހޫރު އެކްޓަރަކު ވެސް ފެންނާނެ ކަމަށެވެ. އެކަމަކު އޭގެ އިތުރު އެއްވެސް ތަފުސީލެއް ހާމައެެއްނުކުރެ އެވެ.

ސޮނާކްޝީގެ "ފޯލެން" އަކީ އަކްޝޭ ކުމާރުގެ "ގޯލްޑް" އާއި އާމިރު ޚާންގެ "ތަލާޝް" ގެ އިތުރުން ބޮޑު ކާސްޓަކާ އެކު ގެނެސްދިން "ހަނީމޫން ޕްރައިވެޓް ލިމިޓެޑް" ގެނެސްދިން ރީތާ ކަތުގީ ލިޔެ، ޑައިރެކްޓްކުރާ އެއްޗެކެވެ. ވަރުގަދަ އަންހެން ފުލުހެއްގެ ވާހަކަ ކިޔައިދޭ މި ސީރީޒްގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ނިމޭނެ ކަމަށް މީޑިއާތަކުން ބުންޏެވެ

"ފޯލެން" ގެ ކާސްޓްގައި ގުލްޝަން ދެވިއާ އާއި ވިޖޭ ވަރުމާ އާއި ސޯހަމް ޝާހް ހިމެނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ނެޓްފްލިކްސް އަށް ސޮނާކްޝީ ސޮއިކުރި ވެބް ސީރީޒްގެ މަސައްކަތް ފަށާނީ "ފޯލެން" ނިންމައިލުމަށް ފަހު އެވެ.

މިދިޔަ އަހަރު "ދަބަންގް 3" އިން ފެނިގެން ދިޔަ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ. މި ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ އެއްޗެކެވެ.