އެމްޓީސީސީން ތ. އާއި ލ. އަތޮޅާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ފަށައިފި
އެމްޓީސީސީން ތ. އާއި ލ. އަތޮޅާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ފަށައިފި

އެމްޓީސީސީން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.

އެމްޓީސީސީން ތ. އާއި ލ. އަތޮޅާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ފަށައިފި
އެމްޓީސީސީން ތ. އާއި ލ. އަތޮޅާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ފަށައިފި

މި ހިދުމަތް ދޭނީ ތ. ވޭމަންޑޫ އާއި ތ. ތިމަރަފުއްޓާއި ލ. ގަމާ ދެމެދު ކަމަށް އެމްޓީސީސީން ބުންޏެވެ. މި ދަތުރުތައް ކޮންމެ ހަފުތާއެއްގެ އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުގައި އޮންނާނެ އެވެ.

- ވޭމަންޑު އާއި ތިމަރަފުއްޓާ ދެމެދު: ކޮޅަކަށް 75ރ.

- ވޭމަންޑޫ، ތިމަރަފުށި އަދި ލ. ގަމާ ދެމެދު: އެއްކޮޅު 250ރ.، ދެކޮޅު 400ރ.

އެމްޓީސީސީން ބުނީ މި ހިދުމަތް ދިނުމަށް ބޭނުންކުރަނީ ފަހަރަކު 70 މީހުން އުފުލޭވަރުގެ ކެޕޭސިޓި ހުރި ލޯންޗުތަކެއް ކަމަށެވެ.

ލޯންޗު ފެރީގެ ހިދުމަތް ހޯދަން 3001462 އަށް ގުޅައިގެން ޓިކެޓް ބުކް ކުރެވޭނެ އެވެ.

މި ހިދުމަތް ފެށުމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ދެއްވި އެހީތެރިކަން ފާހަގަކޮށް އެމްޓީސީސީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.