29 ޑިސެމްބަރ 2020 - 11:25

އިތުރު ފަސޭހަތަކާ އެކު ދިރާގުން ވެބްސައިޓް އާކޮށްފި އެވެ.

ދިރާގުން ވެބްސައިޓް އާ ކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. ކުރީގެ ވެބްސައިޓާ ހިލާފަށް މިހާރު ވަނީ މައުލޫމާތު ހޯދަން ފަސޭހަވާނެ ގޮތް ހަދައިފަ އެވެ. ވެބްސައިޓަށް ވަނުމުން ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް ހާއްސަ ޕެކޭޖުތަކާއި ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނާއި ޓީވީގެ ކަސްޓަމަރުންނަށް ވެސް އެންމެ މުހިންމު މައުލޫމާތު ފަސޭހައިން ފެންނާނެ އެވެ.
މީގެ އިތުރުން ކުރިއާ ހިލާފަށް އެ މީހެއްގެ ޑޭޓާ ޔޫސޭޖާ އެއްގޮތް ޕެކޭޖުތައް ވެބްސައިޓުގައި ކިޔައިދީފައި އެބަހުއްޓެވެ. މިހެން ވުމުގެ ސަބަބުން ކޮންމެ މީހަކަށް ވެސް އެ މީހަކާ ގުޅޭ ޕެކޭޖެއް އިހްތިޔާރު ކުރެވޭނެ އެވެ. އެގޮތުން، ކެޝުއަލް ޔޫސާއެއް ނަމަ އެ މީހަކާ ގުޅޭ ޕެކޭޖުތައް، އެވްރެޖް ނުވަތަ ޕަވާ ޔޫސާއެއް ނަމަ އެ މީހަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބޭނެ އެވެ.
އަހަރުތަކަކަށް ފަހު ވެބްސައިޓަށް ބަދަލު ގެންނަން ނިންމީ މޯބައިލް ފޯނުތަކުން ވެސް ކުރިއަށް ވުރެ ފަސޭހަކަމާ އެކު ވެބްސައިޓަށް ވަދެވޭނެ ގޮތް ހަދަން ކަމަށް ދިރާގުން ބުންޏެވެ. ދިރާގުން ބުނީ މޯބައިލް ފޯނުން ކަސްޓަމަރުންނަށް މިހާރު ވެބްސައިޓުން ހިދުމަތްތައް ހޯދޭނެ ކަމަށެވެ.
ދިރާގުގެ ވެބްސައިޓުގެ ޑިޖިޓަލް އެސިސްޓެންޓް ކަމުގައިވާ "ސޯބި" ގެ އެހީގައި ބިލްގެ މައުލޫމާތުތަކާއި ޕެކޭޖުތައް ބަދަލުކުރުމުގައި ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބޭނެ އެވެ.